logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްކޮން ތަށި އަނބުރާ ދިނުމަށް ސެނެގާލުން ދެކޮޅު ހަދައިފި, ގޮވާލަނީ މިނިވަން ތަޙުޤީގަކަށް

އަބްދުﷲ ޣާނިމް
19 މާރިޗު 2026 - 04:55
އެފްކޮން ތަށި އަނބުރާ ދިނުމަށް ސެނެގާލުން ދެކޮޅު ހަދައިފި, ގޮވާލަނީ މިނިވަން ތަޙުޤީގަކަށް

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) 2026 ގެ ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯ މޮޅުވި ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން ނިންމި ނިންމުމާ ގުޅިގެން، މުބާރާތުގެ ތަށި އަނބުރާ ދިނުމަށް ސެނެގާލުން ދެކޮޅު ހަދައިފިއެވެ. ކެފްގެ އެޕީލް ބޯޑުން ނިންމާފައިވަނީ ފައިނަލް މެޗުގެ ތެރެއިން ސެނެގާލް ޓީމުން ދަނޑުން ފޭބުމާ ގުޅިގެން، އެ ޓީމު ބަލިވީ ކަމަށް ކަނޑައަޅައި މޮރޮކޯއަށް 3-0 ގެ މޮޅެއް ދިނުމަށެވެ.

މީގެ ދެ މަސް ކުރިން ކުޅުނު ފައިނަލް މެޗު އިތުރު ވަގުތުގައި 1-0 އިން ކާމިޔާބުކުރީ ސެނެގާލުންނެވެ. ނަމަވެސް ކެފްގެ މި ނިންމުމާއެކު ސެނެގާލްގެ ސަރުކާރުން ވަނީ ގައުމީ ޓީމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ. ސެނެގާލްގެ ސެކްރެޓަރީ އޮފް ސްޓޭޓް މާރީ ރޯޒް ޚާދީ ފާތޫ ފޭ ވިދާޅުވީ، "ކުޅިވަރުގެ މައިދާނުގައި ހޯދި ކާމިޔާބީއާއި ކުރި މަސައްކަތް ފޮހެލާ ފަދަ އިދާރީ ނިންމުމެއް ސެނެގާލުން ބަލައެއް ނުގަންނާނެ" ކަމަށެވެ. އަދި ކެފްގެ ތެރޭގައި ކޮރަޕްޝަން އޮތްތޯ ބެލުމަށް މިނިވަން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްއެސްއެފް) މި ނިންމުން ސިފަކޮށްފައިވަނީ ބޮޑު ބޭއިންސާފެއްގެ ގޮތުގައެވެ. އެ ފެޑެރޭޝަންގެ ސެކްރެޓަރީ އަބްދުލްއަޒީޒް ސައިދޫ ސޯ ވިދާޅުވީ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް) އަށް މި މައްސަލަ ހުށަހަޅާނެ ކަމަށާއި، "ތަށި މި ގައުމަކުން ބޭރެއް ނުވާނެ" ކަމަށެވެ. ސެނެގާލުން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނީ އެއްވެސް އަސާސެއް ނެތް ނިންމުމެކެވެ.

މި މައްސަލަ އުފެދުނީ ފައިނަލް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯގެ ބްރަހީމް ޑިއާޒްއާއި ސެނެގާލްގެ ޑިފެންޑަރު އެލް ހާޖީ މާލިކް ދިއޫފްއާ ދެމެދު ހިނގި ކުރިމަތިލުމަކާ ގުޅިގެން މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުންނެވެ. އެ ނިންމުމާ ހިތްހަމަނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ވަގުތީ ގޮތުން ދަނޑުން ފޭބިއެވެ. ނަމަވެސް ސާޑިއޯ މާނޭގެ ނަސޭހަތާއެކު އަލުން ދަނޑަށް އަރައި ކުޅުން ކުރިއަށް ގެންދިޔައެވެ. މޮރޮކޯގެ ޕެނަލްޓީ އެޑޮއާޑް މެންޑީ ދިފާއުކުރިއިރު، ސެނެގާލް މޮޅުވީ އިތުރު ވަގުތުގައި ޕާޕޭ ގޭ ޖެހި ލަނޑުންނެވެ.

ކެފް އިން މޮރޮކޯއަކީ ޗެމްޕިއަނުން ކަމަށް ކަނޑައެޅި ނަމަވެސް، ސެނެގާލްގެ ކުޅުންތެރިން ދަނީ ސޯޝަލް މީޑިއާގައި ތަށި ހިފައިގެން ތިބި ފޮޓޯތައް ހިއްސާކުރަމުންނެވެ. އަނެއްކޮޅުން ކެފް އިން ވަނީ މޮރޮކޯގެ އިސްމާއިލް ސައިބާރީ ސަސްޕެންޑްކޮށް، ބޯލް ބޯއީންނާ ގުޅޭ މައްސަލަތަކެއްގައި މޮރޮކޯ ފެޑެރޭޝަން ޖޫރިމަނާވެސް ކޮށްފައެވެ. މި މައްސަލައަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފެނިފައިނުވާ ފަދަ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްކޮން ތަށި އަނބުރާ ދިނުމަށް ސެނެގާލުން ދެކޮޅު ހަދައިފި, ގޮވާލަނީ މިނިވަން ތަޙުޤީގަކަށްކުޅިވަރު | 2 ގަޑިއިރު ކުރިންވިއެޓްނާމްގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ ދުނިޔެ | 7 މަސް ކުރިންނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 40 މީހުން މަރުވެއްޖެދުނިޔެ | 2 އަހަރު ކުރިން