logo
E-Platinum
ކުޅިވަރު

އެތްލެޓިކޯ މެޑްރިޑުން ޔޯކެރޭޝް އަށް 110 މިލިޔަން ހުށަހަޅަން ތައްޔާރުވަނީ - ރިޕޯރޓްސް

އަބްދުﷲ ޣާނިމް
2 މޭ 2025 - 06:35
ޔޯކެރޭޝް ގެ ސޮއި ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ޝަޢުޤުވެރިވޭ. ފޮޓޯ: ބަވޭރިއާ
ޔޯކެރޭޝް ގެ ސޮއި ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ޝަޢުޤުވެރިވޭ. ފޮޓޯ: ބަވޭރިއާ

ސްޕޯޓިންގ ލިސްބަންގެ ސްޓްރައިކަރު ވިކްޓަރ ޔޯކެރޭޝް އަށް 110 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހެޅުމަށް އެތްލެޓިކޯ މެޑްރިޑުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.

ސްވީޑިޝް ސްޓްރައިކަރު ޔޯކެރޭޝް އަކީ މިދިޔަ ސީޒަންގައި ޕޯޗުގީޒް ލީގުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާގެ ގޯލު ޖަހާ މިންވަރާއި ކުޅުމުގެ ފެންވަރު ރަނގަޅުވުމާއި ގުޅިގެން ޔޫރަޕުގެ ގިނަ ބޮޑެތި ކުލަބުތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެތްލެޓިކޯ މެޑްރިޑުން މި ބޮޑު އަގު ހުށަހަޅަން ނިންމާފައިވަނީ އެ ކުލަބުގެ ފޯވަޑްއިތުރަށް ވަރުގަދަކޮށް ރެއާލް އާއި ބާސެލޯނާ އާއި ފައިހަމަކުރުމެވެ. އަދި މިއީ އެ ކުލަބުގެ ތާރީހުގައި އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ގެންނަން ހުށަހަޅާ އަގު ކަމަށްވެސް ވާނެއެވެ.

ނަމަވެސް ސްޕޯޓިންގ ލިސްބަންއިން މިހާތަނަށް ވަނީ ޔޯކެރޭޝް ދޫކޮށްލާނެކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ. އަދި އޭނާގެ ކޮންޓްރެކްޓްގައި ވާ ރިލީޒް ކްލޯޒްގެ އަގު ކަމަށްވާ 110 މިލިޔަން ޔޫރޯ ނޫން އެހެން އަގަކަށް އޭނާ ދޫކޮށްލަން ބޭނުން ނުވާނެ ކަމަށްވެސް އެ ކުލަބުން ބުނެފައިވެއެވެ.

24 އަހަރުގެ ޔޯކެރޭޝް އަކީ މިދިޔަ ސީޒަންގައި ސްޕޯޓިންގ ލިސްބަންއަށް 48 މެޗުގައި ކުޅެ 52 ގޯލާއި 12 އެސިސްޓުހަދާފައެވެ. މިއީ މެސީ އަދި ރޮނާލްޑޯއަށްފަހު ކުޅުންތެރިއެއް ޔޫރަޕުގައި މިހާވަރަށް ގޯލުޖަހާ ފުރަތަމަ ފަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރކުޅިވަރު | 3 ދުވަސް ކުރިންއެތްލެޓިކޯ މެޑްރިޑުން ޔޯކެރޭޝް އަށް 110 މިލިޔަން ހުށަހަޅަން ތައްޔާރުވަނީ ކުޅިވަރު | 2 މަސް ކުރިން