logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރ

އަބްދުﷲ ޣާނިމް
14 ޖުލައި 2025 - 09:01
ގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރ

ސްޕޯޓިންގ ސީޕީގެ ސްވިޑަންގެ ސްޓްރައިކަރ ވިކްޓަރ ގްޔޯކެރޭސް އާރސެނަލްއާ ގުޅުމުގެ މަގުމަތީގައިވާ ކަމަށް ފެބްރިޒިއޯ ރޮމާނޯ ހާމަކޮށްފިއެވެ. އެގޮތުން މިޓްރާންސްފާ އާއު ގުޅޭ އެންމެހައި ކަންކަން މިއަދު (14 ޖުލައި 2025) ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

ސައުދީ ކުލަބުތަކަށް ކަމުގައިވާ އަލް ޤަދިސިއްޔާ އަދި އަލް ހިލާލުން ބޮޑެތި ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، ގްޔޯކެރޭސް ވަނީ ޕްރިމިއަރ ލީގަށް އިސްކަންދީ އާރސެނަލްއާއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ. މި ބަދަލުވުން ފަސޭހަކުރުމަށްޓަކައި އޭނާގެ އޭޖެންޓުން ވަނީ އެމީހުންގެ ކޮމިޝަން ވެސް ދަށްކޮށްފައެވެ. މި ޑީލްގެ އަގަކީ 73.5 މިލިއަން ޔޫރޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމުނު ސީޒަންގައި 52 މެޗުން 54 ލަނޑު ޖަހާފައިވާ 27 އަހަރުގެ ސްޓްރައިކަރ ވަނީ އާރސެނަލްއާއެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ.

ސްޕޯޓިންގ ސީޕީން އެދުނު 70 މިލިއަން ޔޫރޯގެ އަގަށްވުރެ މަތިން އާރސެނަލުން މި ޑީލް ހަމަޖައްސާފައިވާއިރު، އިތުރު އެޑް-އޮންތަކާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.

"ގްޔޯކެރޭސްގެ އޭޖެންޓުން ޑީލްގެ ތަފްސީލުތައް ނިންމުމަށް ލަންޑަނަށް އައިސްފައިވާ ކަމަށް އަހަރެންނަށް އެނގިފައިވޭ. ތަފްސީލުތައް ނިމުމުން ވިކްޓަރ މެޑިކަލް ހެދުމަށް ދަތުރުކުރުމަށް ވެސް ތައްޔާރަށް. 63.5 މިލިއަން ޔޫރޯ އަދި 10 މިލިއަން ޔޫރޯގެ އެޑް-އޮންތަކާއެކު ޑީލް ގާތްގަނޑަކަށް އެއްބަސްވެވިފައި. މިއަދު ކޮމިޝަންގެ މައްސަލަ ހައްލުކުރަން ޖެހޭ،" ރޮމާނޯ ބުންޏެވެ.
Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 23 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 3 މަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 3 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 3 މަސް ކުރިން