logo
E-Platinum
ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި ފަސް ކެޓަގަރީއަކަށް މޯލްޑިވިއަން ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި ފަސް ކެޓަގަރީއަކަށް މޯލްޑިވިއަން ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި ފަސް ކެޓަގަރީއަކަށް މޯލްޑިވިއަން ނޮމިނޭޓް ވެއްޖެއެވެ.

މޯލްޑިވިއަން އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި ފަސް ކެޓަގަރީއަކުން ނޮމިނޭޓްވުމަކީ އެކުންފުންޏަށް ލިބުނު ޝަރަފެއް ކަމުގައި ހާމަކޮށްފައެވެ.

މޯލްޑިވިއަން ނޮމިނޭޓްވި 5 ކެޓަގަރީ އަކީ:

އިންޑިއަން އޯޝަންސް ލީޑިން އެއާލައިން
ލީޑިން އެއާލައިން - ބިޒްނަސް ކްލާސް
ލީޑިން އެއާލައިން - އިކޮނޮމީ ކްލާސް
ލީޑިން އެއާލައިން ބްރޭންޑް
ލީޑިން ކެބިން ކްރޫ

މޯލްޑިވިއަން އިން ވަނީ މި ކެޓަގަރީތަކުން އެ ކުންފުންޏަށް ވޯޓު ދިނުމަށް އެދިފައެވެ. ވޯޓު ދިނުމަށް ރެޖިސްޓްރީވާން ޖެހޭނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި 9 ކެޓަގަރީއަކުން ދިވެހިރާއްޖެ މިދިޔަ އަހަރު ވެސް ވަނީ އެވޯޑް ލިބިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއްޚަބަރު | ދުވަހެއް ކުރިންމޯލްޑިވިއަންގެ ބޯޓުތަކަށް ބަދަލެއް، ތާނައިން ލިޔެފައިވަނީ "ދިވެހިރާއްޖެ"ޚަބަރު | 3 ދުވަސް ކުރިންމޯލްޑިވިއަންގެ ޓިކެޓު ބުކިން ހެދުމުގައި ފަސޭހަ ބަދަލުތަކެއް ޚަބަރު | 6 ދުވަސް ކުރިންމޯލްޑިވިއަން އިން ޖިއްދާއަށް ދަތުރުތައް ފަށައިފި ޚަބަރު | 9 ދުވަސް ކުރިން