މޯލްޑިވިއަން އިން ޖިއްދާއަށް ދަތުރުތައް ފަށައިފި
22 ޖުލައި 2025 - 10:59

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަހަރު ހާއްސަ އުމްރާ ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިޔަން އިން ބުނެފިއެވެ.
މޯލްޑިވިޔަން އިން ބުނެފައިވަނީ، މި އަހަރުގެ ޖުލައި މަހު ޖިއްދާ ސިޓީއަށް ސީދާ 750 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާ، މެދުނުކެނޑި ތިން ފްލައިޓެއް ބާއްވަން ވަނީ ނިންމައިފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ދަތުރު މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މޯލްޑިވިއަންއިން އަލް މުސާފިރު ހައްޖު އެންޑް އުމްރާ (ދަ ޓްރެވެލާ) އާ ގުޅިގެން އުމްރާ ފްލައިޓް ބާއްވާ ފުރަތަމަ ފަހަރުކަމަށެވެ.
މި އާ ޕާޓްނަރޝިޕްގެ ސަބަބުން އެއެއާލައިނުން ދައްކުވައިދެނީ ދަތުރުފަތުރު އިންތިޒާމުކުރާ ފަރާތްތަކުގެ ފުޅާ ނެޓްވޯކަކަށް މާނަހުރި އަދި ހުއްޓުމެއްނެތި ހައްޖުގެ ތަޖުރިބާތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބާކީ އޮތް ދެ ފްލައިޓް ކޯޑިނޭޓް ކުރަނީ ދިވެހި މުޖުތަމައުއަށް ހައްޖު ދަތުރުތައް އިންތިޒާމް ކުރުމުގައި އިތުބާރު ކުރެވޭ އަދި ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު ހައްޖުގެ ދަތުރުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ދިވެހި ހައްޖުވެރިންނަށް ފަސޭހަކަމާއި ހިތްހަމަޖެހުމާ އެކު އުމްރާގެ އަޅުކަން އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޙައްޖުވެރިންނަށް ވެސް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވިއަން އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ އިރު، އަޅުގަނޑުމެންނާ އެކު ކުރާ ދަތުރުގައި ވެސް އެމީހުންގެ ފުރިހަމަ އަދި އެހީތެރިކަމުގެ ތަޖުރިބާ އެއް ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ. މި އުމްރާ ދަތުރުތައް މައިގަނޑު ގޮތެއްގައި އޮޕަރޭޓް ކުރާނީ މޯލްޑިވިއަންގެ ފަޅުވެރިންނެވެ.