logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ

އާމިނަތު ޝަފާ
26 ސެޕްޓެމްބަރު 2025 - 06:23
މޯލްޑިވިއަންގެ ފަލްައިޓެއް ---
މޯލްޑިވިއަންގެ ފަލްައިޓެއް ---

ގައުމީ އެއާލައިން (މޯލްޑިވިއަން) ގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް އަންނަ އަހަރު ދެކުނު ކޮރެއާއަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންވަނީ ދެކުނު ކޮރެއާއަށް ދަތުރުތައް ފެށުމަށް އެ ގައުމުގައިި މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަންވެސް މިހާރު އިއުލާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތްދޭ ފަރާތުން ދެކުނު ކޮރެއާ އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކުމުގެ އިތުރުން ފަސިންޖަރުގެ ރިޒަވޭޝަން ހެއްދުމުގެ ހިދުމަތާއި މާކެޓިންގ ހިދުމަތްތަކާއި ޕްރޮމޯޝަން އަދި ޕަބްލިކް ރިލޭޝަންސްގެ ހިދުމަތްތައް ފޯރުކޮށްދެންޖެހެއެވެ.

ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މި ސަރުކާރުން އިސްކަމެއް ދީގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު މި ބޯޓު ރާއްޖެ ގެނެވުމާއެކު، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް އިތުރުވެގެން ދިޔައެވެ. 

ގައުމީ އެއާލައިނުން އަންނަނީ އެ އެއާލައިނުންދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީވިޔަފާރި | 16 ދުވަސް ކުރިންޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށްވިޔަފާރި | 3 މަސް ކުރިންމޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަނީ ޚަބަރު | 3 މަސް ކުރިންއަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއްވިޔަފާރި | 3 މަސް ކުރިން