logo
E-Platinum
ޚަބަރު

މޯލްޑިވިއަންގެ ޓިކެޓު ބުކިން ހެދުމުގައި ފަސޭހަ ބަދަލުތަކެއް

ނުހާ އަޙްމަދު
25 ޖުލައި 2025 - 04:53
މޯލްޑިވިއަންގެ ވައިޑްބޮޑީ ބޯޓެއް
މޯލްޑިވިއަންގެ ވައިޑްބޮޑީ ބޯޓެއް

ރާއްޖޭގެ ޤައުމީ އެއަރލައިން ކަމުގައިވާ މޯލްޑިވިއަން އިން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ޓިކެޓް ގަތުމުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ، މި ބަދަލުތަކަކީ ކަސްޓަމަރުންނަށް ޓިކެޓު ނެގުމުގައި ފަސޭހަ ގޮތްތަކެއް އިތުރު ކުރުމުގެ މަގުސަދުގައި ގެނެސްފައިވައިވާ ބަދަލުތަކެއް ކަމަށެވެ.

އެގޮތުން އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ބުކިން ނުވަތަ ޓިކެޓު ނެގުމުގައި އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ އަޕްލޯޑު ކުރަން ފަސިންޖަރުން ނުޖެހޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މި ބަދަލަކީ ދަތުރުފަތުރުގެ ތަޖުރިބާ ފަސޭހަކޮށް ސްޓްރީމްލައިންކޮށް ކަސްޓަމަރުންގެ ޕްރައިވެސީ އާއި އެފިޝަންސީ ރަނގަޅު ކުރުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެންއި ބަދަލުތަކެއް ކަމަށް ވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ބުކިން ޕްރޮސެސްގެ މުހިންމު ބަދަލުތައް:

* ބުކިންގ ނުވަތަ ޓިކެޓް ގަންނައިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ބޭނުން ނުވުން.

* ފަސިންޖަރުން ބުކިން ކުރާއިރު ދަތުރުކުރާ ލިޔެކިޔުންތަކާ ސީދާ ގުޅޭ އައިޑެންޓިފިކޭޝަން ޑީޓެއިލްސް ހިއްސާކުރަންވާނެއެވެ. ޓިކެޓް ދޫކުރާނީ ދީފައިވާ ނަމާއި މައުލޫމާތަށް ބަލައިގެންނެވެ.

* ފަސެންޖަރުގެ މަޢުލޫމާތުގެ ނުގުޅޭ ކަންކަން އިސްލާހު ކުރެވޭނީ މޯލްޑިވިއަން ޓިކެޓިން އޮފީހަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ނުވަތަ މޯލްޑިވިއަންގެ 24/7 ހިދުމަތްދެމުންދާ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅައިގެންނެވެ. އެގޮތުން ފަސެންޖަރުގެ މައުލޫމާތު ޓިކެޓް ގަންނަ ދުވަހު ހިލޭ އިސްލާހު ކުރެވޭނެ އެވެ.

* ދަތުރުކުރުމަށް ސައްހަ އައިޑީ ކާޑު، ޑްރައިވިން ލައިސަންސް ނުވަތަ ޕާސްޕޯޓް ޗެކްއިން ކުރުމާއި، ސެކިއުރިޓީއާއި، ބޯޓަށް އެރުވުމުގައި ކޮންމެހެން އޮންނަންވާނެއެވެ. އިންޓަނޭޝަނަލް ޓްރެވަލް އަށް ޕާސްޕޯޓް ބޭނުންވާނެ އެވެ.

ބުކިން ހެދުމުގެ ތެރޭގައި އައިޑެންޓިފިކޭޝަން އަޕްލޯޑް ކުރުމުގެ ބޭނުން ނައްތާލައި، މޯލްޑިވިއަންއިން ދަނީ ބުކިން ހެދުމާއި ޓިކެޓު ނެގުމުގައި ފަސިންޖަރުންނަށް ދުވަހެއް ދުވަހަކަށް ފަސޭހަ ބަދަލުތަކެއް އިތުރުކޮށްދެމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއްޚަބަރު | ދުވަހެއް ކުރިންމޯލްޑިވިއަންގެ ބޯޓުތަކަށް ބަދަލެއް، ތާނައިން ލިޔެފައިވަނީ "ދިވެހިރާއްޖެ"ޚަބަރު | 3 ދުވަސް ކުރިންމޯލްޑިވިއަންގެ ޓިކެޓު ބުކިން ހެދުމުގައި ފަސޭހަ ބަދަލުތަކެއް ޚަބަރު | 7 ދުވަސް ކުރިންމޯލްޑިވިއަން އިން ޖިއްދާއަށް ދަތުރުތައް ފަށައިފި ޚަބަރު | 9 ދުވަސް ކުރިން