logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަންގެ ބޯޓުތަކަށް ބަދަލެއް، ތާނައިން ލިޔެފައިވަނީ "ދިވެހިރާއްޖެ"

އާމިނަތު ޝަފާ
28 ޖުލައި 2025 - 13:11
ވައިޑްބޮޑީ އެއާރކްރާފްޓެއް: ފޮޓޯ؛ މިހާރު
ވައިޑްބޮޑީ އެއާރކްރާފްޓެއް: ފޮޓޯ؛ މިހާރު

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ޤައުމީ އެއާލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، އެމަސައްކަތް ފަށާފައިވާކަން ޤައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލާއެކު ބޯޓުތަކުގެ ބޭރުގައި ގައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ. މިހާރު އެ ބަދަލު އެއެއަރލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ވަނީ ގެނެސްފައެވެ.


މޯލްޑިވިއަނުން ބުނީ އަމާޒަކީ މި ބަދަލު އެ އެއާލައިންގެ ހުރިހާ ބޯޓަކުންވެސް ފެނިގެންދިއުންކަމަށާއި މިއަހަރު މިނިވަންކަމަށް 60 އަހަރު ފުރޭއިރު މިބަދަލުން ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭނެކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް އޮވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލް މިޑްޓާމް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ދަތުރަކެއް ބެންކޮކަށްޚަބަރު | 3 ގަޑިއިރު ކުރިންމޯލްޑިވިއަންގެ ބޭރާއި އެތެރޭގެ ދަތުރުތަކުގެ ޑިމާންޑް ބޮޑު، އެތެރޭގެ 17 މަންޒިލަކަށް 3،700 އަށް ވުރެ ގިނަ ފްލައިޓް ޚަބަރު | 4 މަސް ކުރިންއަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީވިޔަފާރި | 5 މަސް ކުރިންޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށްވިޔަފާރި | 7 މަސް ކުރިން