logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޓީއެމް 2025 ގައި ދިވެހިރާއްޖެއިން ކާމިޔާބު ބައިވެރިވުމެއް

އޭޓީއެމް 2025 ގައި ދިވެހިރާއްޖެއިން ކާމިޔާބު ބައިވެރިވުމެއް

ދުބާއީގައި ބޭއްވި އަރަބި ޓްރެވަލް މާކެޓް (އޭޓީއެމް)2025 ގައި ދިވެހިރާއްޖެއިން ވަނީ ވަރަށް ކާމިޔާބު ބައިވެރިވުމެއް ހޯދާފިއެވެ.

މައުރަޒާ ގުޅޭ ގޮތުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި މައުރަޒުގައި ދިވެހިރާއްޖެއިން ވަނީ މުހިންމު ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ގުޅުންތައް ފުޅާކުރުމާއި، ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް މަޝްވަރާކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޓީއެމް 2025 ގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެހެން ޤައުމުތަކާއި ވިޔަފާރިތަކާއެކު ގުޅުން ބަދަހިކޮށް، އައު ފުރުސަތުތައް ހޯދުމަށް މަސައްކަތްކޮށްފައި ވެސް ވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އައު ތަރައްޤީތަކާއި ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރެވުނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި މިފަދަ މައުރަޒުތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ. އަދި މިފަދަ ފުރުސަތުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންމިއަހަރުގެ އޯޒޯން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮއްފި ޚަބަރު | 3 މަސް ކުރިންއައްޑޫގައި ހަދާފައިވާ ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 6 މަސް ކުރިންދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފިޚަބަރު | 6 މަސް ކުރިން