logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އައްޑޫގައި ހަދާފައިވާ ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫގައި ހަދާފައިވާ ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއާ އާ ގުޅިގެން، އައްޑޫގައި ގާއިމުކޮށްފައިވާ ކުނި އަދި ކެމިކަލްސް ރައްކާކުރާ މަރުކަޒު އެ ވެމްކޯއާ ހަވާލުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި މަރުކަޒަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް.) ޕްރޮޖެކްޓްގެ ދަށުން "އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މިނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރެވުނު މަރުކަޒެކެވެ. މި އެމް.އޯ.ޔޫގެ ދަށުން، މި މަރުކަޒު ހިންގާ ބަލަހައްޓާނެ ފަރާތަކީ ވެމްކޯއަށް ވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި، ޚާއްސަކޮށް އައްޑޫ ސިޓީގައި، ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާތެރިކަމާއެކު މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. މި މަރުކަޒުގެ ސަބަބުން، "ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް" (ޕޮޕްސް) ފަދަ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޭނުންވާ މަގުފަހިވެ، އާންމު ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ވެމްކޯއަށް މި މަރުކަޒު ހަވާލުކުރުމާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުރައްކާތެރި ކުނި ނައްތާލުމަށް ފަސޭހަ މަގެއް ފަހިވެ، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކޮށް ކުރިއެރުވުމަށްވެސް އެހީތެރިވެގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވް ސައިޓްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންމިއަހަރުގެ އޯޒޯން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮއްފި ޚަބަރު | 6 މަސް ކުރިން