logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 05:11
ރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނި ގޮތުގައި، ރ. އަލިފުށީގައި 29.7 ކިލޯވޮޓްޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (PV) ހަކަތަ ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގެ ކަރަންޓުގެ ޔަޤީންކަން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި އިރުގެ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެ، ޑީޒަލް ބޭނުންކުރާ މިންވަރު މަދުވެގެންދާނެއެވެ. މި މަޝްރޫޢު ޢަމަލީކުރުމުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 13,938 ލީޓަރުގެ ޑީޒަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، އަހަރަކު 34 ޓަނުގެ ކާބަން ބޭރުކުރާ މިންވަރު ކުޑަވެގެންދާނެއެވެ. މިއީ ރަށަށް އިތުރު ސާފު އަދި ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި 2028 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސެންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްދާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވް ސައިޓްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންމިއަހަރުގެ އޯޒޯން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮއްފި ޚަބަރު | 6 މަސް ކުރިން