logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ހަފްލާ ބާއްވައިފި

ޕީއެސްއެމް ނިއުސްގެ އަހަރީ އެވޯޑު ހަފްލާ ބާއްވައިފި

ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަހަރީ އެވޯޑު ޙަފްލާ ބާއްވައިފިއެވެ. މި ޙަފްލާގައި އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ޚާއްސަ އެވޯޑު ދީފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ އެވޯޑު ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ނިޝާން ޢިއްޒުއްދއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ޢައްބާސް އިބްރާހިމެވެ. ޙަފްލާގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަފްލާގައި ގިނަ ދާއިރާތަކަކުން އެވޯޑު ދީފައިވެއެވެ. އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛެވެ. އޭނާއަށް އެންމެ މޮޅު ނިއުސް ޕްރެޒެންޓަރގެ އެވޯޑާއި އެންމެ މޮޅު އެޑިޓަރުގެ އެވޯޑުވެސް ލިބުނެވެ. އެންމެ މޮޅު ނިއުސް އެންކަރގެ އެވޯޑު ލިބުނީ ސީނިއަރ ނިއުސް އެޑިޓަރ ޙަފީޒާ ޢަބްދުއްސައްތާރަށެވެ.

big_YlYSN9OR5NZK4xCOD2IDRhkid.jpg

ފޮޓޯ: ޕީއެސްއެމް

 

އެހެނިހެން މުހިންމު އެވޯޑުތަކުގެ ތެރޭގައި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު އެސިސްޓެންޓް ޖާނަލިސްޓް ރާއިފް އަޙްމަދު ރާޟީއަށް ލިބުނެވެ. އެންމެ މޮޅު ވީޑިއޯ އެޑިޓަރުގެ އެވޯޑު މުޙައްމަދު މައުމޫނަށް ލިބުނުއިރު، އެންމެ މޮޅު ކެމެރާމަންގެ އެވޯޑު ލިބުނީ ޢަބްދުއްރަޙީމް ޔޫސުފަށެވެ.

މީގެ އިތުރުން، އެންމެ މޮޅު ނިއުސް ޕްރޮޑިއުސަރުގެ އެވޯޑު ފާޠިމަތު ޝިޔާޒާއަށް ލިބުނުއިރު، ބެސްޓް ޕްރޮގުރާމް ޕްރޮޑިއުސަރުގެ އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗަރ އެވޯޑު ލިބުނީ އަޙްމަދު ޝާފީޢުއަށެވެ. އެންމެ މޮޅު ޑޮކިއުމެންޓްރީ އެވޯޑު ވަފީޤާ ޙާމިދަށް ލިބުނެވެ.

big_J7NlWYgdWBZso95vhMXD8PaJd.jpg

ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ރާއިފް، ފޮޓޯ: ޕީއެސްއެމް

494906961_10229080141134175_3682550987687070717_n.jpg

އެންމެ މޮޅު މުވައްޒަފު އެވޯޑް ލިބުނު މުޢާޛު، ފޮޓޯ: ޕީއެސްއެމް

 

ޙަފްލާގައި ދައުލަތުގެ މީޑިއާއަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި މިވަގުތުވެސް ނިއުސް ޗެނަލްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރަމުންދާ 10 މުވައްޒަފެއްގެ އަގު ވަޒަންކޮށް، ޚާއްސަ އެވޯޑު ދީފައިވެއެވެ. އަދި 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން ބައެއް ކޮންޓެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށްވެސް ހަނދާނީ ފިލާ ދީފައިވެއެވެ.

މި އެވޯޑު ޙަފްލާގައި "ނިމުނު 52" ހަފްތާގެ ނަމުގައި ޚާއްސަ ފޮތެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މި ފޮތުގައި ވޭތުވެދިޔަ އަހަރު ދުވަހު ރާއްޖޭގައި ހިނގި މުހިންމު ޚަބަރުތަކުގެ ތަފްޞީލު ހިމަނާފައިވާކަމަށް ޕީއެސްއެމުން ހާމަކޮށްފަވެއެވެ.

ޕީއެސްއެމް ނިއުސްގެ މި އަހަރީ އެވޯޑު ޙަފްލާއަކީ އެ ޗެނަލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެމީހުންގެ ހުނަރާއި ޤާބިލުކަން ފާހަގަކުރުމަށް ބޭއްވި ޙަފްލާއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ދުވަސް ކުރިންސަމާލުވޭ! ހުއްދަނެތި ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ބޭނުންކޮށްގެން ޖުވާ އިސްތިހާރު ކުރަނީޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީޚަބަރު | 4 މަސް ކުރިންޕީއެސްއެމާއި ވެލިގާ ހާޑްވެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން