logoEN
ޚަބަރު

ޑރ. އަޒްމިރާލްދާއާއި، މަހާޒު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

އާމިނަތު ސަފާއާމިނަތު ސަފާ

05 މޭ 2025 - 04:59

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއްނިންމެވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީއަށެވެ.

މިއަދުގެ ޖަލްސާގައިވަނީ ޑރ. އަޒްމިރާލްދާއާއި ފަނޑިޔާރު މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި، ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.

އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމާއި، އެކަމުގެ ކޮރަޕްޝަން ހިމެނޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް އާއި ހުތުރުބަހުން މުޚާތަބުކުރި ކަމަށް ބުނާ މަޖިލީހުގައި ދެ ފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ދެން ހިމެނުނީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ޙުސްނުއްސުޢޫދުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް

871x217_placeholder