ނިއުރޭޑިއަންޓްގެ މެނޭޖަރަކަށް އަލީ އިބްރާހިމް، އެސިސްޓެންޓް މެނޭޖަރަކަށް މުޖުތަބާ ޖަލީލް

ކުލަބުގެ މެނޭޖަރ އަލީ އިބްރާހިމް (ކ) އަދި އެސިސްޓެންޓް މެނޭޖަރ މުޖޭ (ވ) . ފޮޓޯ: އަދަދު

05 މޭ 2025 - 05:39
ނިއުރޭޑިއެންޓް ސްޕޯރޓްސް ކުލަބުގެ މެނޭޖެރަކަށް ކުލަބުގެ ސީނިއަރ ވައިސް ޗެއަރމަން އަލީ އިބްރާހިމް (ކައްޕި) އަދި އެސިސްޓެންޓް މެނޭޖަރަކަށް ސީނިއަރ ވައިސް ޗެއަރމަން މުޖުތަބާ ޖަލީލު (މުޖޭ) ހަމަޖައްސައިފިއެވެ.
ކުލަބުގެ މެނޭޖަރަކަށް ކައްޕިއަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެކިފަންތީގައި ތަޖުރިބާހުރި ފަރާތެކެވެ. އެގޮތުން ކައްޕި 2010 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައިގެ މެނޭޖްމަންޓްގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން އަލީ އިބްރާހިމް ވަނީ ޤައުމީ ފުޓްބޯޅަ ޓީމު އަންޑަރ 16، އަންޑަރ 19 އަދި އަންޑަރ 21 އަށް ކުޅެދީފައިވެއެވެ. އަލީ އިބްރާހިމް މީގެ ކުރިން ކުޅެފައިވާ ޓީމުތަކުގެ ތެރޭގައި ވިކްޓްރީ ސކ އާއި އީގަލްސް އާއި އައި.އެފް.ސީ ވެސް ހިމެނެއެވެ.
މީގެ އިތުރުން އަލީ އިބްރާހިމް އަކީ މިހިނގާ 20 ވަނަ މަޖްލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރެވެ. މީގެ އިތުރުން 2022 ވަނަ އަހަރުވެސް ނިއުރޭޑިއަންޓްގެ މެނޭޖަރ ގެ މަޤާމާއި 2023/24 ވަނަ ދައުރުގެ ކުލަބުގެ ބޯޑު މެންބަރު ކަމާއި ކުލަބުގެ މެނޭޖަރުކަންވެސް އަލީ އިބްރާހިމް ވަނީ ކޮށްފައެވެ.
އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖެއްސި މުޖުތަބާ ޖަލީލު (މުޖޭ) އަކީ މިހާރު ވެމްކޯގެ އެމް.ޑީއެވެ. މުޖޭ އަކީވެސް މިހާތަނަށް ކުޅިވަރުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތެކެވެ. އެގޮތުން ކުޅިވަރުގައި ބައިނަލް އަޤުވާމީ މުބާރާތްތައް ވެސް މުޖޭ ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން އަންޑަރ 21 އިންޓަރ ސްކޫލް މުބާރާތުން ގޯލްޑްމެޑަލް ހާސިލް ކުރުމުގެ އިތުރުން އައިއައިޔޫއެމް (މެލޭޝިޔާ) ގައި ކުއްލިޔާ ކަޕްވެސް ކާމިޔާބުކޮށްފައިވެއެވެ.
މީގެ އިތުރުން މުޖޭގެ މާލިމީކަމުގެ ދަށުން ވެމްކޯ ރާއްޖޭގައި ބާއްވާ ގިން މުބާރާތްތަކެއް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފުޓްސަލް، ހޭންޑްބޯލް އަދި ވޮލީގައި ޤައުމީ ފެންވަރުގެ ކާމިޔާބީތަކެއް ވެމްކޯއިން ވަނީ ހޯދާފައެވެ.
މުޖޭ އަކީ ވެމްކޯގެ އިތުރުން އޭނާގެ އުފަން ރަށް ކަމުގައިވާ ގދ. ތިނަދޫގައިވެސް ފުޓްބޯޅަ ކުރިއަރުވަން ބޮޑެތި މަސައްކައްތަކެއް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ރަށުގައި ބޮޑެތި މުބާރާތްތައް ބޭއްވުމުގެ އިތުރުން ފުޓްބޯޅަ އަށް ޒުވާނުން ނެރުމަށް ގިނަގުނަ މަސައްކަތްތަކެއް މުޖޭ ކޮށްދީފައިވެއެވެ.
އެއްވަނަ ޑިވިޝަނަށް އަމާޒުހިފާފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބް ނިއުރޭޑިއަންޓުން ކުރިޔަށް އޮތް އެފް.އޭ.އެމް ލީގުކަޕްގައި ބައިވެރިވެފައިވާއިރު، މިމުބާރާތުގައި ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް މިއަދު ހަވީރު މާޒިޔާ ސްޕޯރޓްސް އާއި ދެކޮޅަށް ނިކުންނާނެއެވެ.
މިމުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުން އޮޑި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރާއިރު، ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
އިތުރު ލިޔުންތައް

ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް ޚަލާސްކޮށްފައިވާކަން ހާމަކޮށްފި
6 މަސް ކުރިން
އެފްއޭއެމްގައި ކުރިން ތިބި ބޭފުޅުން ނިއުރޭޑިއެންޓާއި ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން- މުބީން
5 މަސް ކުރިން
ނިއުރޭޑިއަންޓުގެ ސްކޮޑް އިއުލާން ކުރަނީ
24 ދުވަސް ކުރިން