ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް ޚަލާސްކޮށްފައިވާކަން ހާމަކޮށްފި

ނިއުރޭޑިއެންޑް ގެ ކޮންގްރެސް މާދަމާރޭގައި އޮންނާނެ. ފޮޓޯ: ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް

19 ނޮވެމްބަރު 2024 - 05:57
ރާްއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށްވާ ނިއުރޭޑިއެންޓުން އެ ކުލަބުން ފީފާއަށް އަދާކުރަންޖެހޭ ހުރިހާ ދަރަނިތަކެއް ޚަލާސް ކޮށްފައިވާކަން ހާމަކޮށްފިއެވެ. ރޭގައި މެންދުރު ޓީވީގެ މައުޟޫގައި ވާހަކަ ދައްކަމުން ނިއުރޭޑިއެންޓްގެ ބޯޑް މެންބަރު އުސްތާޒް އަލީ ރަޝީދު އަޙްމަދު ވިދާޅުވީ އެ ކުލަބުން ފީފާއަށް ދައްކަން ޖެހޭ އެންމެހައި ދަރަނިތައް އަދާކޮށް ނިމިފައިވާކަމަށާއި ކުލަބުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ރޭގެމައުޞޫ ޕްރޮގްރާމްގައި ވާހާކަ ދައްކަމުން ކުލަބުގެ ޗެއާމަން ކަމަށް ވާދަކުރާ އަޙްމަދު މުބީން އިތުރަށް ވިދާޅުވީ އެފް.އޭ.އެމް އިން އޭރު ނިއުރޭޑިއެންޓް ސަސްޕެންޑު ކޮށްފައި ވަނީ އޭރުގައި އެފް.އޭ.އެމް ބޮއްސުންލައިގެން ބައްސާމުގެ ނޯކޮންފިޑެންސް ވޯޓަކަށް ދާން އުޅުމުން އެކަން ހުއްޓުވުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި ފީފާއިން ނިއުރޭޑިއަންޓާއި ދެކޮޅަށް އަޅާފައިވާ ޓްރާންސްފާ ބޭން އަކީ ރަނގަޅު ނިންމެއް ކަމަށާއި އެހެން ނަމަވެސް އެފް.އޭ.އެމް އިން ހުރިހާ ކުޅިވަރުތަކުން ނިއުރޭޑިއެންޓް ސަސްޕެންޑް ކުރުމަކީ ޒާތީ ނިންމުމެއްކަން ވަނީ ހާމަކޮށްފައެވެ.
އަދި ނިއުރޭޑިއެންޓް މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށް ހުރި ކަމަށާއި ނިއުރޭޑިއޭންޓްގެ ސަޕޯޓަރުންނަށް އަލުން އަނބުރާ ކުޅިވަރުގެ ފޯރިގެނެސް ދަނޑުފުރާލަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމަށް މުބީން ހާމަކުރެއްވިއެވެ. އަދި ނިއުރޭޑިއެންޓް ކުރިޔަށް ގެންދިޔުމަށް މަގުޗާޓެއް ކުރަހާލެވިފައިވާކަމަަށާއި މަޤުޞަދަކީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައިކުލަބުގެ ކުރީގެ މަޤާމަށް ކުލަބު ގެންދިޔުން ކަމަށް މުބީން ވަނީ ހާމަކޮށްފައެވެ.
ނިއުރޭޑިއެންޓުގެ 'އައު ހަރުފަތަކަށް' ކޮންގްރެސް މާދަމާ ބާއްވާއިރު ކުލަބުގެ ޤަވާއިދުތައް ރާއްޖޭގެ ޤާނޫނުތަކާއި އަދާހަމަކުރުން ކުރިޔަށް ގެންދާނެކަންވެސް ރޭގެ ޕްރޮގްރާމްގައި އުސްތާޒް އަލީ ރަޝީދު އަޙްމަދު ވަނީ ހާމަކޮށްފައެވެ. އަދި އައު ކޮންގްރެސް އާއެކު އައު އަސާސީ ޤަވާއިދެއް އެކުލަވާލެވި މިހާރުގެ ބޯޑު އުވިގެންދާނެ ކަމަށާއި، އައު ޤަވާއިދާއެކު އައު ބޯޑެއް އެކުލަވާލާނެކަން އުސްތާޒް ވަނީ ހާމަކޮށްފައެވެ.
ސަސްޕެންޝަނުން އެނބުރި އައުމަށްފަހު ނިއު ރޭޑިއަންޓް ވަނީ 2022 ވަނަ އަހަރު ފުޓްބޯޅަ މައިދާނަށް އަނބުރާ އައިސް، 2023 އަދި 2024 ވަނަ އަހަރުގެ ދެވަނަ ޑިވިޜަންގައި ވާދަކޮށްފައެވެ.
ރާއްޖޭގެ ޤައުމީ ތަށި ދެ ފަހަރަށް މިލްކުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޮންގްރެސް މާދަމާރޭގައި ބާއްވަން ތައްޔާރުވެފައިވާއިރު ކުލަބުގެ ޗެއާމަންގެ މަޤާމަށް ކުރީގެ ޗެއާމަން އަލީ ވަޙީދާއި ރީޖަނަލް އެއަރޕޯޓްސް ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީނު ވާދަކުރާނެއެވެ.
އިތުރު ލިޔުންތައް

އެފްއޭއެމްގައި ކުރިން ތިބި ބޭފުޅުން ނިއުރޭޑިއެންޓާއި ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން- މުބީން
5 މަސް ކުރިން
ނިއުރޭޑިއަންޓުގެ ސްކޮޑް އިއުލާން ކުރަނީ
23 ދުވަސް ކުރިން
އެއްވަނަ ޑިވިޝަނަށް ނިއުގެ އަމާޒު: ސީޒަނުގެ ސްކޮޑް އެކުލަވާލައިފި
11 ދުވަސް ކުރިން