logoEN
ކުޅިވަރު

ތަޖުރިބާކާރު ގޯލް ކީޕަރު ނާޖިޙް ނިއުރޭޑިއަންޓް އާއި ގުޅިއްޖެ

ތަޖުރިބާކާރު ގޯލްކީޕަރު ނާޖީ އެފް.އޭ.އެމް ލީގު ކަޕްގައި ކުޅޭނީ ނިއުރޭޑިއަންޓް އަށް

ތަޖުރިބާކާރު ގޯލްކީޕަރު ނާޖީ އެފް.އޭ.އެމް ލީގު ކަޕްގައި ކުޅޭނީ ނިއުރޭޑިއަންޓް އަށް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

01 މޭ 2025 - 18:14

އެއްވަނަ ޑިވިޝަނަށް އަމާޒުހިފާފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބް ނިއުރޭޑިއަންޓުން ކުރިޔަށް އޮތް އެފް.އޭ.އެމް ލީގުކަޕްގައި ބައިވެރިވެފައިވާއިރު، މިމުބާރާތުގައި ނިއުގެ ގޯލުބެލެހެއްޓުމަށް ތަޖުރިބާކާރު ކީޕަރު އަލީ ނާޖިޙް (ނާޖީ) ގެ ސޮއި ހޯދައިފިއެވެ. ޔުނައިޓެޑް ވިކްޓްރީއަށް ކުޅެމުން އަންނަ ނާޖީ އަކީ ޤައުމީ ޓީމުގެ ބަދަލުކީޕަރެވެ.

ނާޖީ ނިއުރޭޑިއަންޓް އަށް ސޮއިކޮށްފައިވާކަން ހާމަ ކޮށްފައިވަނީ ނިއުގެ ޗެއާރމަން މުބީން ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓްއެއްގައެވެ.

Ahmed Mubeen - އެފް.އޭ.އެމް ލީގުކަޕް 2025 ގައި ވާދަކުރާ...

މީގެ އިތުރުން ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ތަމްސީލުކުރާނެ ކުޅުންތެރިންގެ ސްކޮޑް އެކުލަވާލައި، އެ ކުޅުންތެރިންތައް ވެސް ވަނީ ދައްކާލާފައެވެ. ނިއުގެ ސްކޮޑްގައި ޒުވާން ކުޅުންތެރިންނާއި ފުޓްސެލްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ތަޖުރިބާހުރި ކުޅުންތެރިން ހިމަނާފައިވެއެވެ.

މީގެ އިތުރުން ނިއުގެ ސްކޮޑްގައި މިސްރު ކުޅުންތެރިއެއް ކަމަށްވާ އަޙްމަދު މަޙްމޫދުވެސް މިމުބާރާތުގެ ނިއުގެ ސްކޮޑްގައި ހިމެނިފައިވެއެވެ.

5 ޓީމެއް ހިމެނޭގޮތަށް އެފް.އޭ.އެމް އިން ބާއްވާން ހަމަޖެހިފައިވާ މިމުބާރާތް މިމަހުގެ 4 ދުވަހުގައި ފަށާއިރު، 5 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓް އާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބު ވާދަކުރާނެއެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

undefinedއެފް.އޭ.އެމް ލީގު ކަޕް ގެ ޝެޑިއުލް

ނިއުރޭޑިއަންޓް ގެ އައު މޭނޭޖްމަންޓްގެ އަމާޒު މިހާރުހުރީ މިމުބާރާތުގެ ތަޖުރިބާއާއެކު ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ނިއުރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށް ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށެވެ.

ކޮމެންޓް

871x217_placeholder