ނިއުރޭޑިއަންޓުގެ ސްކޮޑް އިއުލާން ކުރަނީ


16 އޭޕްރީލު 2025 - 17:55
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ 2025 ވަނަ އަހަރުގެ ސްކޮޑް އިއުލާން ކުރުން ވަރަށް އަވަހަށް އޮންނާނެ ކަމަށް އެކްލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.މެންދުރު ޓީވީ އާށް މުބީން ވިދާޅުވީ މުޅިން އައު ފެށުމަކާއި އެކު އައު މެނޭޖްމަންޓަކާއި އެކު ކުރިއަށްވުރެ މާ ވަރުގަދަ ނިއުރޭޑިއަންޓެއް ސަޕޯޓަރުންނަށް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.އެގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ 2025 ވަނަ އަހަރުގެ ސްކޮޑްގައި މޮޅެތި ގިނަ ކުޅުންތެރީންތަކެއް ހިމެނޭ ކަން މުބީން ފާހަގަ ކުރެއްވި އެވެ. އަދި ސްކޮޑް އިއުލާން ކުރުމާއި ޓީމަށް ކުޅުންތެރިން ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާ ވަރަށް އަވަހަށް ނިއުގެ ސްކޮޑް އިއުލާން ކުރާނެ ކަމަށް މުބީން ވިދާޅުވި އެވެ.
ނިއުރޭޑިއަންޓަކީ އާދައިގެ ކްލަބެއް ނޫން ކަމަށާއި، ކްލަބާ ހަވާލުވި ހިސާބުން އެތައް ސަތޭކަ މެސެޖުތަކެއް ލިބެމުންދާ ކަމަށް ޗެއަރމަން ފާހަގަކުރެއްވިއެވެ.ސަސްޕެންޝަނުން އެނބުރި އައުމަށްފަހު ނިއު ރޭޑިއަންޓް ވަނީ 2022 ވަނަ އަހަރު ފުޓްބޯޅަ މައިދާނަށް އަނބުރާ އައިސް، 2023 އަދި 2024 ވަނަ އަހަރުގެ ދެވަނަ ޑިވިޜަންގައި ވާދަކޮށްފައެވެ.ނިއުރޭޑިއަންޓު ވަނީ ރާއްޖޭގެ ޤައުމީ ތަށި ދެ ފަހަރަށް މިލްކުކޮށްފައެވެ.
ނިއުރޭޑިއަންޓަކީ ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.
އިތުރު ލިޔުންތައް

ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް ޚަލާސްކޮށްފައިވާކަން ހާމަކޮށްފި
6 މަސް ކުރިން
އެފްއޭއެމްގައި ކުރިން ތިބި ބޭފުޅުން ނިއުރޭޑިއެންޓާއި ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން- މުބީން
5 މަސް ކުރިން
އެއްވަނަ ޑިވިޝަނަށް ނިއުގެ އަމާޒު: ސީޒަނުގެ ސްކޮޑް އެކުލަވާލައިފި
12 ދުވަސް ކުރިން