logoEN
ކުޅިވަރު

އެއްވަނަ ޑިވިޝަނަށް ނިއުގެ އަމާޒު: ސީޒަނުގެ ސްކޮޑް އެކުލަވާލައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

28 އޭޕްރީލު 2025 - 14:19

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ތަމްސީލުކުރާނެ ކުޅުންތެރިންގެ ސްކޮޑް އެކުލަވާލައި، އެ ކުޅުންތެރިންތައް ދައްކާލައިފިއެވެ.

މި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ މިއަދު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ކުލަ ގަދަ ރަސްމިއްޔާތުގައެވެ. އެ ޖާޒީތައް ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ އެ ޓީމުގެ ޗެއާމަން އަދި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު މުބީން، އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަން މުޖްބަތާ ޖަލީލްގެ އިތުރުން އެ ކުލަބުގެ ފައުންޑަރު ކަމުގައިވާ ހ. ކުއީން އަހުމަދު ވަހީދެވެ.

މިއަދު ރަސްމިއްޔާތުގައި ޖާޒީ ހަވާލުކުރި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ފުޓްސެލް އަދި ފުޓްބޯޅައިގެ ނަން މަޝްހޫރު އަދި ހުނަރުވެރި ކުޅުންތެރިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުޓްސެލްގެ އެންމެ ފޯރިގަދަ އެއް މުބާރަތް ކަމުގައިވާ ކުލަބް މޯލްޑިވްސްގެ "ކިންގް އޮފް ފުޓްސެލް"ގެ މަގާމު ހޯދި ކުޅުންތެރިން ވެސް ހިމެނެއެވެ.

އެގޮތުން މިއަދުގެ ރަސްމިއްޔުާތުހގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ ޗެއާމަން މުބީން ވިދާޅުވީ، އެންމެ ފުރަތަމަ ކުލަބާ ހަވާލުވިއިރު އޮތް ޙާލަތުން ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެ ޙާލަތު ބަދަލުކުރުމަށް ނިއުގެ ޓީމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ނިއުގެ ހުރިހާ ވެސް ރައުސުލްމާލަކީ އެ ޓީމުގެ ސަޕޯޓަރުންކަން ފާހަގަކުރައްވަމުން މުބީން ވިދާޅުވީ، ގައުމެއްގެ ނިސްބަތުން މިހާ ގިނަ ސަޕޯޓަރުން ތިބި ކުލަބެއް ނެތް ކަމަށެވެ.

ނިއުރޭޑިއަންޓުގެ ހުރިހާ ވެސް ރައުސުލްމާލަކީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން. ކުޑަކުޑަ ތައާރަފެއްގައި ދެންމެ ވިދާޅުވެއްޖެ ނިއުރޭޑިއަންޓަކީ ދުނިޔޭގެ ނިސްބަތުން ވެސް، މިއަދު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމެއްގައި މިހާ ބޮޑު ނިސްބަތުން ގިނަ ސަޕޯޓަރުން ތިބި ކުލަބެއް ދުނިޔޭގެ އެއްވެސް ކުލަބެއްގައި ނޯންނާނެ. ނިސްބަތުން. ދިވެހި ރާއްޖޭގެ ކޮންމެ ރަށަކަށް ތިބޭފުޅުން އަރާ ބަލާލިޔަސް ވެސް އެ ރަށެއްގެ ކުޅިވަރަށް ލޯބިކުރާ 60-70 ޕަސެންޓު ސަޕޯޓަރުން ތިބޭނީ ނިއުރޭޑިއަންޓުގައި، - ނިއުރޭޑިއަންޓުގެ ޗެއާމަން އަދި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު މުބީން

މުބީން ވިދާޅުވީ، ނިއު، ވިކްޓްރީ އަދި ވެލެންސިއާ ނުލައި ދިވެހި ފުޓްބޯޅަ ފުރިހަމައެއް ނުވާނެ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކަށް އައި ހީނަރުކަމުން ފެނުނީ އެ މަންޒަރުކަމުގައި ވެސް މުބީން ވިދާޅުވިއެވެ.

މުބީން އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އަދި ގައުމީ ތަށި 13 ފަހަރު ހޯދައި އެތަށި މިލްކުކޮށްފައިވެއެވެ. ދިވެހިލީގު ޖެހިޖެހިގެން 3 ފަހަރު ކާމިޔާބު ކޮށްފައިވާއިރު އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް ނިއުރޭޑިއަންޓުންވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

871x217_placeholder