ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
.jpg&w=3840&q=75)
.jpg&w=3840&q=75)
05 މޭ 2025 - 13:51
ސިންގަޕޫރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ނިމިގެންދިޔަ އާންމު އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ލޯރެންސް ވޮންގްއާއި، ޕީޕަލްސް އެކްޝަން ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.
އަދި މި ކާމިޔާބީއަކީ ސިންގަޕޫރުގެ ރައްޔިތުން، ބޮޑުވަޒީރު ވޮންގްއަށް ކުރާ އިތުބާރުގެ ބޮޑުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިންގަޕޫރަށް ޚިދުމަތްކުރެއްވުމުގައި ބޮޑުވަޒީރު ލޯރެންސް ވޮންގް، ދައްކަވަމުންގެންދަވާ ހިތްވަރާއި ސާބިތުކަމަށް ތަޢުރީފުކުރައްވައި، ސިންގަޕޫރުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ކާމިޔާބީ ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި، ބޮޑުވަޒީރު ލޯރެންސްގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
އިތުރު ލިޔުންތައް

މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސްގެ މަސައްކަތްޕުޅުން: މިނިސްޓަރ މާރިޔާ
8 މަސް ކުރިން
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ
8 މަސް ކުރިން
މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް: ރައީސް
5 މަސް ކުރިން