"ތަމްރީން ލިބިފައިވާ ފޫޅުމައިން ނެތުމަކީ ބޮޑު ގޮންޖެހުމެއް"


05 މޭ 2025 - 15:07
މައިމީހާއާއި އަލަަށް އުފަން ކުދިންނަށް ދެވޭ ފަރުވާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ފޫޅުމައިންކަމަށާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ފޫޅުމައިންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލާ ބައެއް ކަމަށާއި، މައިންނަށާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ އެންމެ މުހިންމު އެއް ތަނބުކަމަށެވެ. ކުއްޖަކު އުފަންކުރުމުގެ އުފާވެރި އަދި ނާޒުކު މަރުހަލާގައި ވިހެއުމުގެ ރައްކާތެރިކަން ކަށަވަރުކޮށް މައިންނަށް އެހީތެރިވެދީ، އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާދޭ ބަތޮލުންނަކީ ފޫޅުމައިންކަން ޢަބްދުއްރައްޒާގު ޙަލީމް ފާހަގަކުރެއްވިއެވެ.
ޢަބްދުއްރައްޒާގު ޙަލީމް މިހެން ވިދާޅުވީ ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ފޫޅުމައިންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލާ ބައެއް ކަމަށާއި، މައިންނަށާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ އެންމެ މުހިންމު އެއް ތަނބުކަމަށެވެ.
ސިއްޙީ ނިޒާމުގައި ފޫޅުމައިންގެ މުހިންމުކަން ފާހަގަކުރައްވަމުން ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ، މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ޑިމާންޑާއި އެއްވަރަށް ފޫޅުމައިން ނުލިބުން ކަމަށެވެ. އަދި މި ދާއިރާއިން ސްޕެޝަލައިޒް ނުވެވުމަކީވެސް މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް ހުރަހެއްކަން ރައްޒާޤު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
9 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
8 މަސް ކުރިން
އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރު
8 މަސް ކުރިން