logo
E-Platinum
ކުޅިވަރު

ކުރިއަށްހުރި މެޗުތަކުގައި ސަޕޯޓަރުން އުންމީދުކުރާވަރުގެ ނަތީޖާ ނެރެވޭނެ-މުބީން

ކުރިއަށްހުރި މެޗުތަކުގައި ސަޕޯޓަރުން އުންމީދުކުރާވަރުގެ ނަތީޖާ ނެރެވޭނެ-މުބީން

އައު ސްކޮޑަކާއި އެކު ދެތިން ދުވަހުގެ ޕްރެކްޓިސްއަކަށް ފަހު ނިއުރޭޑިއެންޓް އެފްއޭއެމް ލީގް ކަޕްގައި އިއްޔެ މާޒީޔާ އާއި ދެކޮޅަށް ދެއްކި ހިއްވަރަކީ އާދަޔާ ހިލާފު ކުޅުމެއް ކަމަށް ނިއުރޭޑިއަންޓްގެ ޗެއާޕާސަން އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

އެފް.އޭ.އެމް ފުޓްބޯޅަ ލީގަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބު ޓީމު އެކުލަވާލައިގެން މަސައްކަތް ފެށީ މީގެ ހަފްތާއެއް ކުރިންނެވެ. އެގޮތުން ޓީމުގެ ކުޅުންތެރިން އިޢުލާނު ކުރެވި ޕްރެކްޓިސް ފެށިގެންދިޔައީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

_87A7303.jpg

 

މުބީން ވިދާޅުވީ ޖުމްލަ 2 ޕްރެކްޓިސް އާއެކު ރާއްޖޭގެ އެންމެ ތަޖުރިބާކާރު، ޤައުމީ ޓީމުގެ 15 ކުޅުންތެރިންނާއި ދެކޮޅަށް އިއްޔެ ނިއުރޭޑިއަންޓުން ދެއްކީ އާދަލާ ހިލާފު ކުޅުމެއް ކަމަށެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި ކުއްލިއަކަށް ޓީމު އެކުލަވާލައިގެން އަންނަންވީމަ ދަތިތަކެއް ހުރިކަމަށް މުބީން ވިދާޅުވި އެވެ. ރާއްޖޭގައި މިވަގުތު ތިބި ވަރުގަދަ ކުޅުންތެރިން ނިއުގެ ސްކޮޑްގައި ހިމެނޭކަން މުބީން ފާހަގަ ކުރެއްވި އެވެ.

މުބީން ވިދާޅުވީ ކަން ދިމާކުރިގޮތުން މި ލީގު ފަށަންވެސް މިޖެހުނީ ރާއްޖޭގ އެންމެ ބޮޑު ކުލާބާ ކަމަށާ މާޒިޔާގައި ގައުމީ ޓީމުގެ 15 ކުޅުންތެރިން ކުޅޭ ފާހަގަކުރައްވާ މުބީން ވިދާޅުވީ މި ލިބުނު މުއްދަތުގައި ކުރެވުނު ޕްރެކްޓިސްއާއި އަޅާބަލާ އިރު އިއްޔެގެ ބަލިވުމަކީ މާބޮޑު ބަލިވުމެއް ކަމަކަށް ނުދެކޭ ކަމަށެވެ. މުބީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ނިއުރެޑިއަންޓު ފެންނާނީ މިއަށްވުރެ މާ ވަރުގަދަކޮށް ކަމަށެވެ.

_87A7015 (1).jpg

 

ކުރިއަށް އޮތް މެޗުތަކުގައި ސަޕޯޓަރުން އުންމީދު ކުރާ ވަރުގެ ނަތީޖާތަކެއް ފެނިގެން ދާނެ ކަމަށް މުބީން ވިދާޅުވި އެވެ.

ވަރަށް ގިނަ ވަގުތު މެޗުގައި ނިއު ރެޑިއަންޓު ކުޅުނުތަން ފެންނާނެ ސަޕޯޓަރުންނަށްވެސް އެކަން ފާހަގަ ކުރެވޭނެ. އޭގެ އިތުރުން އަޅުގަނޑުމެންގެ ފަސްޓު ކީޕާވެސް އެވެއިލަބަލްއެއް ނުވި އިއްޔެގެ މެޗަކަށް އަދި ފުރަތަމަ އެގާރައިގެ ކުޅުންތެރިންގެ ގިނަ ކުޅުންތެރިންވެސް އެވެއިލަބަލް އެއް ނޫން އެހެންނަމަވެސް ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް އުންމީދީ ޓީމެއް މިއޮތީ ކުރިއަށް އޮތްތަނުގަ ނިއު ފެނިގެން ދާނީ މިއަށްވުރެ ވަރުގަދަކޮށް

_87A7333.jpg

 

ނިއުރޭޑިއެންޓް ސްޕޯރޓްސް ކުލަބުގެ މެނޭޖަރު އަދި ސީނިއަރ ވައިސް ޗެއަރމަން އަލީ އިބްރާހިމް (ކައްޕި)  ވިދާޅުވީ ނިމިގެން ދިޔަ މެޗުގައި ބަލިވިކަމުގައިވިޔަސް މިހާރުގެ ފޯކަސްއަކީ ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ މާ ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށެވެ.

_87A7174.jpg

_87A7173.jpg

 

ނިއުރޭޑިއަންޓަކީ މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ޒުވާން ހިއްވަރުގަދަ ޓިމެއް ކަމަށް ކައްޕި ވިދާޅުވި އެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަގަނޑޭ ނިއުއަށް- ނިއު ދެން ފެންނާނީ ވަރުގަދަކޮށްކުޅިވަރު | މަހެއް ކުރިންސެމީގައި މާޒިޔާ އާއި ޓީސީ، ނިއު ނިކުންނާނީ އޮޑިސްޕޯރޓްސް އާއި ދެކޮޅަށްކުޅިވަރު | 2 މަސް ކުރިންކުރީގެ ލެވަލްއަށް ނިއު އަލުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ކޯޗު ސޮބާޙްކުޅިވަރު | 2 މަސް ކުރިންނިއުގެ ފަރާތުން ސަޕޯޓަރުންނަށް ސަޕްރައިޒެއް: "އަންނަނީ؟"ކުޅިވަރު | 2 މަސް ކުރިން