ނިއުގެ ފަރާތުން ސަޕޯޓަރުންނަށް ސަޕްރައިޒެއް: "އަންނަނީ؟"

.jpg&w=3840&q=75)
18 މޭ 2025 - 15:21
މިރޭ އިރާކޮޅެވެ. ފޭސްބުކަށް ވަދެ ސްކްރޯލް ކުރަނިކޮށް ފެންނަނީ ރާއްޖޭގެ ސަޕޯޓަރުން އެންމެ ގިނަ ކުލަބު، އަދި ރާއްޖޭގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކާމިޔާބު ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސްގެ ޕޯސްޓަރެކެވެ. ކެޕްޝަންއަކަށް "އަންނަނީ! އަންނަނީ! "ގެ ނަމުގައި ފެނުނު މި ޕޯސްޓުން ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ.
ޕޯސްޓުން ތިން މީހަކު ފެންނައިރު، އެ ތިން މީހުން ވެސް ތިބީ ފުޓްބޯޅަ ދަނޑެއްގައި ކަން އެނގެއެވެ. އެ ޕޯސްޓުގައި ތިބި ދެ މީހަކު އަޅިކުލައިން ފާހަގޮށްފައިވާއިރު، މެދުގައި ހުރި މީހާ ހުރީ ކަޅު ކުލައިން ފާހަގަކޮށްފައެވެ. އެހެންކަމުން ކޮންމެވެސް ޚާއްސަކަމެއް ވާން އުޅޭކަން ޔަގީންވެއްޖެއެވެ.
އިތުރަށް އެ ޕޯސްޓުގެ ކެޕްޝަން ކިޔާލިއިރު، ތާރީޚެއް ވެސް ހިމަނާފައިވެއެވެ. 22 މެއި ވާ އަންނަ ބުރާސްފަތި ދުވަސްކަމަށް އެ ޕޯސްޓުގައި ޖަހާފައިވެއެވެ.
އެ ޕޯސްޓާހެދި އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އެ ކުލަބުގެ ޗެއާމަން އަދި ކުރީގެ މަޖިލިސް މެންބަރު، އަޙްމަދު މުބީންގެ ފޭސްބުކް އެކައުންޓް ހުޅުވައިފީމެވެ. ޔަގީނުން ވެސް ކޮންމެވެސް ވާހަކައެއް މުބީން ވެސް ހިއްސާކުރައްވައިފައިވާނެ ކަމަށް ބަލައިގެންނެވެ. ކަން ވީ ވެސް އެހެންނެވެ.
މާ ބޮޑު ތަފްސީލެއް ނުދެއްވައި މުބީން ވެސް ލިޔުއްވީ "ސަޕޯޓަރުން ހެއްވާލަން އަންނަނީ އަންނަނީ،" ކަމަށެވެ.
އެ ފޮޓޯ ފެނިފައި އެކި ފަރާތްތަކުން އެކި ބާވަތުގެ ކޮމެންޓުތައް ކޮށްފައި ހުއްޓެވެ. އެ ކޮމެންޓުތަކުން ޚުދު އަޅުގަނޑަށް ވެސް ކަމެއް ސިފަވިއެވެ. އެހެން ނަމަވެސް އެ ސިފަވުން، ސަޕްރައިޒެއްގެ ގޮތުގައި ބޭއްވުމަށް އަޅުގަނޑު ވެސް ދޫކޮށްލާނަމަވެ.
އެ ޕޯސްޓު އަދި އެ ސަޕްރައިޒް ޔަގީން ނުވި ނަމަވެސް، ޔަގީންވާ އެއްކަމަކީ ނިއުރޭޑިއަންޓުގެ އެނބުރި އައުން ވަރަށް ވަރުގަދަކަމެވެ. އައު މެނޭޖްމެންޓެއްގެ ބެލުމުގެ ދަށުން، ބޮޑު ބިޔަ ބާޒުގެ ފިޔަގަނޑު ފަތުރާލައިގެން އޮވެ އުދުއްސައިގަތް ގޮތް ކުރިއަށް ވުރެ ވެސް ބާރުކަމެވެ. ވެއްޓުނު އަޑިގަޑުން އަރައި، ދަރަނިތައް ދައްކައި ފުރަތަމަ ޑިވިޝަނަށް ދިޔުމަށް ނިއުގެ އަމާޒު ހުރިއިރު، މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުން ވެސް ފެންނަނީ އެ ޓީމުގެ ހިތްވަރެވެ.
އެ މުބާރާތުގެ ސެމީފައިނަލުގައި އޮތް ނިއުއަށް، މިވަގުތު ވެސް އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ އިތުބާރާއި، އިހު އޮތް ރޫހެވެ. ޔަގީނުން ވެސް ކުރިއަށް އޮތް ސަޕްރައިޒަކީ އެ ސަޕޯޓަރުންގެ ރޫޙާއި ލޯބި އިތުރަށް ވަރުގަދަކުރާނޭ ކަމެކެވެ. މެނޭޖްމެންޓުން ދޭ ޔަގީންކަމަކީ އެއީއެވެ.
އިތުރު ލިޔުންތައް

ފީފާއަށް އަދާކުރަންޖެހޭ ނިއުރޭޑިއެންޓުގެ ހުރިހާ ދަރަނިތަކެއް ޚަލާސްކޮށްފައިވާކަން ހާމަކޮށްފި
7 މަސް ކުރިން
އެފްއޭއެމްގައި ކުރިން ތިބި ބޭފުޅުން ނިއުރޭޑިއެންޓާއި ދޭތެރޭ އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން- މުބީން
7 މަސް ކުރިން
ނިއުރޭޑިއަންޓުގެ ސްކޮޑް އިއުލާން ކުރަނީ
2 މަސް ކުރިން