logoEN
ކުޅިވަރު

ދަގަނޑޭ ނިއުއަށް- ނިއު ދެން ފެންނާނީ ވަރުގަދަކޮށް

ހުސައިން ވަސީމްހުސައިން ވަސީމް

06 ޖޫން 2025 - 12:40

ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަންނަ ސީޒަނުގައި އޭނާގެ ކުރީގެ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅެން ނިންމާފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

އަލީ އަޝްފާގު (ދަގަނޑޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގުޅުމުން އަޝްފާގުގެ ތަޖުރިބާއާއި ހުނަރުން އެހެން ޒުވާން ކުޅުންތެރިންނާ އެކު ނިއުރޭޑިއަންޓް ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ނިއުގެ ޗެއާރމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އޭނާގެ ކުރީގެ ކްލަބް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅެން ނިންމައިފި އެވެ.

އަޝްފާގު ނިއުރޭޑިއަންޓާ ގުޅެން ނިންމިކަން ހާމަ ކުރައްވާ އެ ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ އަޝްފާގު އާއި އެކު ނިއުރޭޑިއަންޓް ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ. މުބީން ވިދާޅުވީ އަޝްފާގު ނިއުރޭޑިއަންޓާ ގުޅުމަކީ ނިއު އަށް ލިބުނު އިތުރު ކުރިއެރުމަކާ އިތުރު ހިއްވަރެއް ކަމަށެވެ. އަޝްފާގު އާއި އެކު ދެން ކްލަބު ފެންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް

މުބީން ވިދާޅުވީ ކުލަބުގެ ޙަޔާތުގައި ކަޅު ދުވަސްތަކަކަށްފަހު މިއަދު އަޅުގަނޑުމެންނަށް މިތިބިވެނީ ކޮންމެވެސް ވަރަކަށް ދިރުމެއް ލިބޭ ހިސާބަކަށް އާދެވިފައި ކަމަށެވެ.

އެންމެންގެ އެންމެ މަޤްބޫލު ކުޅުންތެރިޔާ އަލީ އަޝްފާގު ނިއުރޭޑިއަންޓުން ފެނުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދު. އަޝްފާގަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅުންތެރިޔާކަން އެންމެންނަށް ވެސް އެނގޭ ކަމަށް މުބީން ވިދާޅުވި އެވެ. އަޝްފާގުގެ ހުނަރުވެރިކަމާއި ޓެކްނިކަލް ގާބިލުކަމަކީ ނިއު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ ކުރިޔަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓު ފެންނާނީ ވަރުގަދަކޮށް ކަމަށް މުބީން ވިދާޅުވި އެވެ.

އަޝްފާގު ނިއުއާއި ގުޅުމަކީ ހަމަ އެކަނި އެ ޓީމަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާ އެއީ މުޅި ދިވެހި ފުޓުބޯޅައަށްވެސް ލިބުނު ކުރިއެރުމެއް ކަމަށް މުބީން ވިދާޅުވި އެވެ.

އަޝްފާޤް ޓީމާއި ގުޅުމުން އަޝްފާގުގެ ތަޖުރިބާއާއި ހުނަރު އެހެން ޒުވާން ކުޅުންތެރިންނާ އެކުގައި ޓީމުފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި. އަޝްފާގު ނިއުރޭޑިއަންޓާ ގުޅުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ކްލަބަށް ލިބުނު ކުރިއެރުމެއް ނޫން. އެއީ މުޅި ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް އަދި ކުރިއެރުމެއް. އަޅުގަނޑުމެން އެންމެން މިތިބީ އަޝްފާގުގެ ކުޅުން ފެނުމަށް ވަރަށް ބޮޑަށް އިންތިޒާރުގައި. އެދުވަސްވަނީ އިރާދަކުރެއްވިއްޔާ ދާދި ގާތުގައި.

އެންމެ ފަހުން ބޭއްވި ލީގު ކަޕްގައި މޮޅު ކުޅުމެއް ނިއު އިން ވަނީ ދައްކާފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި ހިމެނޭ އޮޑި ސްޕޯޓްސް ކްލަބް އަދި ޓީސީ ވެސް ބަލިކޮށްފައެވެ. މި މުބާރާތުން ނިއު މިހާތަނަށް ބަލިވީ ފުރަތަމަ ޑިވިޝަނުގެ މިހާރުގެ ޗެމްޕިއަން، މާޒިޔާ އަތުން އެކަންޏެވެ.

ނިއުރޭޑިއަންޓް ގެ އައު މޭނޭޖްމަންޓްގެ އަމާޒު މިހާރުހުރީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ނިއުރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށް ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށެވެ. ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ގިނަ ކުޅުންތެރިންތަކެއް މި ފަހުން ވަނީ ނިއުރޭޑިއެންޓާ ގުޅިފަ އެވެ.

ކޮމެންޓް

871x217_placeholder