logoEN
ކުޅިވަރު

ކުރީގެ ލެވަލްއަށް ނިއު އަލުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ކޯޗު ސޮބާޙް

ނިއުރޭޑިއަންޓުގެ ކޯޗު ސޮބާޙް މުޙައްމަދު، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓުގެ ކޯޗު ސޮބާޙް މުޙައްމަދު، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިއުރޭޑިއަންޓް

ކުރިން ނިއުރޭޑިއަންޓް އޮތް ލެވަލްއަށް، އެ ޓީމު އަލުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެ ޓީމުގެ ކޯޗު، ސޮބާހް މުހައްމަދު (ސޮބާ) ވިދާޅުވެއްޖެއެވެ.

މިރޭ އޮންނަ ލީގު ކަޕުގެ މެޗުގެ ކުރިން މެންދުރު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސޮބާޙް ވިދާޅުވީ، އަލުން ނިއު އޮތް ލެވެލްއަށް މަޑުމަޑުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭ ކަމަށާއި، އެ ކަން ކުރުމަށް އެ ފުރުސަތު ދިނުމަށް ސަޕޯޓަރުންގެ ކޮބައިން އެދޭ ކަމަށެވެ.

އަދި ނިއު އަކީ ސޮބާޙް ވެސް ކުޅުންތެރިއެއްގެ ޙައިސިއްޔަތުން ކުޅުނު ކުލަބެއް ކަމުގައި ފާހަގަކުރައްވަމުން ސޮބާޙް ވަނީ، އެ ކުލަބުގެ ސަޕޯޓަރުންނަކީ އޭނާ ވަރަށް އިޙްތިރާމްކުރާ ބައެއް ކަމުގައި ވެސް ވިދާޅުވެފައެވެ.

އެގޮތުން ޓީމުގެ މެނޭޖްމެންޓާއެކު ކުޅުންތެރިންނާއި އޮފިޝަލުން ކުރާ ހިތްވަރު ކޯޗު ފާހަގަކުރެއްވިއެވެ. އަދި އެ ހިތްވަރު ސަޕޯޓަރުންގެ ފަރާތުން ވެސް އެދޭކަމަށް ކޯޗު ވިދާޅުވިއެވެ.

މީގެ އިތުރުން، ލީގު ކަޕުގައި ނިއުގެ ފަރާތުން ފެނުނު ކުޅުމަށް އިޝާރަތްކުރައްވަމުން ކޯޗު ވިދާޅުވީ، ޓީސީ އަދި އޮޑި ސްޕޯޓްސް ކުލަބަކީ ވެސް ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ދެ ޓީމަށް ވާއިރު، އެ ދެ ޓީމުގެ ފަރާތުން ލިބުނީ ވަރަށް ވެސް އުނދަގޫ މޮޅެއް ކަމަށެވެ. އަދި މުޅި ޓީމުގެ ޕާފޮމެންސާއެކު ހިތްހަމަޖެހޭކަން ކޯޗު ފާހަގަކުރެއްވިއެވެ.

ކޯޗު އެފަދައިން ވިދާޅުވިއިރު، މިރޭ އޮންނަ އެފްއޭއެމް ލީގު ކަޕުގައި ނިއު އިން މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް ނުކުންނައިރު ވެސް ނިއު އޮތީ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުއިން ވަނީ ފުރަތަމަ ޑިވިޝަންގައި ހިމެނޭ އޮޑި ސްޕޯޓްސް ކްލަބް އަދި ޓީސީ ވެސް ބަލިކޮށްފައެވެ. މި މުބާރާތުން ނިއު މިހާތަނަށް ބަލިވީ ފުރަތަމަ ޑިވިޝަނުގެ މިހާރުގެ ޗެމްޕިއަން، މާޒިޔާ އަތުން އެކަންޏެވެ.

ކޮމެންޓް

871x217_placeholder