logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެމީގައި މާޒިޔާ އާއި ޓީސީ، ނިއު ނިކުންނާނީ އޮޑިސްޕޯރޓްސް އާއި ދެކޮޅަށް

އަބްދުﷲ ޣާނިމް
21 މޭ 2025 - 21:24
ރޭގައި ކޫލުނު މެޗުގެ ތެރެއިން.
ރޭގައި ކޫލުނު މެޗުގެ ތެރެއިން.

އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ އެންމެ ފަހު މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 2-2 އިން އެއްވަރުވެެއްޖެއެވެ.

މި ނަތީޖާއާ އެކު ލީގު ބުރު ނިމުނު އިރު 10 ޕޮއިންޓާ އެކު މާޒިޔާ ވަނީ އެއްވަނަ ހޯދާފައެވެ. ލީގު ބުރުގެ ޕޮއިންޓް ތާވަލުގައި ނިއުރޭޑިއަންޓް 7 ޕޮއިންޓާ އެކު ދެވަނައިގައި އޮތް އިރު، އޮޑި ސްޕޯޓްސް ކުލަބު 5 ޕޮއިންޓާ އެކު ތިންވަނައިގައި އޮތެވެ. ޓީސީ ސްޕޯޓްސް ކުލަބު 4 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތް އިރު، މަހިބަދޫ އެންމެ ފަހު ވަނައިގައި އޮތީ އެންމެ ޕޮއިންޓަކާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނިއުގެ ތޯރިގް ޖެބްރީން 21 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މަހިބަދޫގެ ޝުއައިބު ސައީދު ވަނީ ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ނިއުގެ ޔަޝްފާދު ހަބީބު ލަނޑެއް ޖެހި ނަމަވެސް، 74 ވަނަ މިނެޓުގައި މަހިބަދޫގެ ޝުއައިބު ސައީދު ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު މާޒިޔާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އެރޭ އޮޑި ސްޕޯޓްސް ކުލަބު ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މި ދެ މެޗުން ކާމިޔާބު ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | ދުވަހެއް ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | މަހެއް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | މަހެއް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން