logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފި

އަބްދުﷲ ޣާނިމް
6 ޖޫން 2026 - 09:41
ފޮޓޯ: ނިއުރޭޑިއަންޓް ފޭސްބުކް
ފޮޓޯ: ނިއުރޭޑިއަންޓް ފޭސްބުކް

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތް އެ ކުލަބުން ރަސްމީކޮށް ފަށައިފިއެވެ. މިގޮތުން ކުރިއަށް އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މި ޓްރަޔަލްތަކަކީ ޖޫން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. ނިއުރޭޑިއަންޓުން ބޭނުންވަނީ ހުނަރުހުރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ މަގު ތަނަވަސްކޮށްދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުލަބުން ހާމަކޮށްފައިވާ ގޮތުގައި، ޓީމު އެކުލަވާލުމަށް ބާއްވާ ޓްރަޔަލްތައް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ހަވީރު 15:45 ގައެވެ. މި ޓްރަޔަލްތައް ކުރިއަށްދާނީ އެފްއޭއެމް ޓާފް 2 ގައެވެ.

މި ޓްރަޔަލްގައި ބައިވެރިވެވޭނީ ވަކި އުމުރުފުރާ ތަކަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން 2007، 2008 އަދި 2009 ވަނަ އަހަރު އުފަންވެފައިވާ ކޮންމެ ކުއްޖަކަށްވެސް މި ފުރުސަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ނިއުރޭޑިއަންޓުން ވަނީ ފުޓްބޯޅައަށް ޝައުގުވެރިކަން ހުރި މި އުމުރުފުރާގެ ޒުވާނުންނަށް ޓްރަޔަލްގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓުން ޒުވާން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި މިވަނީ، ގިނަ ދުވަސްތަކަކަށްފަހު އެ ކުލަބުގެ ހަރަކާތްތައް ވަރުގަދަކޮށް، ފުޓްބޯޅައިގެ ތެރެއަށް އަލުން ވަނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް އަންޑަރ 19 ޓީމުގެ ޓްރަޔަލް ހުޅުވާލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | މަހެއް ކުރިންއީތަން ޒަކީ ނިއުއަށް ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް ކްލަބުން ދޮގުކޮށްފިކުޅިވަރު | މަހެއް ކުރިންޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 މަސް ކުރިން