logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފި

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2026 - 18:22
ޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފި

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފި އެވެ. ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި ފައިނަލް މެޗުގައި ނިއު އިން ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތާރީހުގައި އެ ކްލަބުގެ ރެކޯޑު އިތުރަށް ވަރުގަދަކޮށްފަ އެވެ. މިއާއެކު ރާއްޖޭގެ ތާޜީޚުގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބު މިހާތަނަށް ކާމިޔާބުކުރި ޓްރޮފީތަކުގެ ޖުމުލަ އަދަދުވަނީ 5 އަށް އަރާފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އޭރިއާތެރެއިން ސެންޓޭ އަށް ޓީސީގެ ކެޕްޓަން ހަސަން އީނާޒް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ސެންޓޭ މި ލަނޑު ޖެހީ 'ޕެނަންކާ' އުކުޅު ބޭނުންކޮށްގެންނެވެ. އޭގެ ފަހުން މެޗުގެ 40 ވަނަ މިނިޓްގައި ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ޓީސީން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ޖިމޯ ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހުނުއިރު، ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ޓީސީގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނިއުގެ ތިންވަނަ ލަނޑު 83 ވަނަ މިނިޓްގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ވެސް ގޭރޯ އެވެ.

މިއީ ނިއު އިން އެފްއޭ ކަޕް ފައިނަލުގައި ޖެހިޖެހިގެން ޓީސީ ބަލިކުރި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރުގެ ފައިނަލުގައި ވެސް ނިއު އިން ޗެމްޕިއަންކަން ހޯދީ ޓީސީ ބަލިކޮށްގެންނެވެ. އަނެއްކޮޅުން، މިއީ ޓީސީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ. 2016 ވަނަ އަހަރު ވެލެންސިއާ އަތުން ބަލިވިއިރު، ފަހު ދެ ފަހަރު ބަލިވީ ނިއު އަތުންނެވެ.

ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ނިއު އިން މި މުބާރާތް ކާމިޔާބުކުރީ މުޅި މުބާރާތުގައި ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. މި މުބާރާތާ އެކު ދެ އަހަރަށް ފަހު ބޭއްވި ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިވަނީ ނިމުމަކަށް އައިސްފަ އެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އިން ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ބުރު ސްޕޯޓްސް ކްލަބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށް ކުލަބުގެ ތާޜީޚުގައި ރެކޯޑް 50 ތަށި ހަމަކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންއޮޑި ސްޕޯރޓްސް ކައިރިން ބަދަލުހިފައި ސެންޓޭގެ ހެޓްރިކާއެކު ނިއުރޭޑިއަންޓް އެފްއޭކަޕްގެ ސެމީއަށްކުޅިވަރު | 8 ދުވަސް ކުރިންމިއީ މިސީޒަނުގެ ފަހު ފުރުޞަތު، އެފްއޭ ކަޕަށް ނިއުރޭޑިއަންޓް ނިކުންނަނީ ތަށި ނަގަން: މުބީންކުޅިވަރު | 8 ދުވަސް ކުރިންއެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗުކުޅިވަރު | 8 ދުވަސް ކުރިން