logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު

އާމިނަތު ޝަފާ
7 މޭ 2025 - 08:04
ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންއެސްޑީއޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ އާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިހާނުކުރުމަށް ބާއްވާ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމަށް އެދި ގޫގަލް ފޯމް (https://forms.gle/fqZCzgQAU1zTsQ7c6) މެދުވެރިކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 މެއި 18 ވާ ހޯމަދުވަހުގެ 13:00 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންއެސްޑީއޭ އަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ނަންބަރު: 2021/7(16 މޭ 2021) ގެ ހަވަނަ ބާބުގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. އެމްއެންއެސްޑީއޭ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

ނެޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވެފައިވާ ފަރާތްތައް އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި: ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެ ފެންވަރަށްވުރެ މަތީ ލެވެލްއެއްގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 1 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން؛ ނުވަތަ، އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެއް ފެންވަރުގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 2 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު އެދާއިރާއެއްގައި މަސައްކަތްކުރަމުންދާ ފަރާތަކަށްވުން ހިމެނެއެވެ.

ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ އިމްތިހާނުގެ އިތުރުން، ނޭޝަނަލް އެސެސަރުން މެދުވެރިކޮށް އެމްއެންއެސްޑީއޭ އިން ކުރިޔަށްގެންދާ އިމްތިހާނެކެވެ.

ނޭޝަނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރު ކުރެވޭ ދާއިރާތަކާއި އިތުރު މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓްގައިވާ އިޢުލާން https://www.gazette.gov.mv/iulaan/339732 ގައި ހިމަނާފައިވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 2 މަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ޚަބަރު | 4 މަސް ކުރިންހުއްދަ ދޫކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީވާން އެދިއްޖެޚަބަރު | 8 މަސް ކުރިން