logo
ކުޅިވަރު

މާސްޓަރ އެތްލެޓިކް ޗެންޕިއަންޝިޕް މާދަމާ ފަށަނީ

އަބްދުﷲ ޣާނިމް
7 މޭ 2025 - 14:34
މާދަމާ ފަށާ މުބާރާތައް ތައްޔާރުވެފައި. ފޮޓޯ: ގާފު
މާދަމާ ފަށާ މުބާރާތައް ތައްޔާރުވެފައި. ފޮޓޯ: ގާފު

35 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި އުމުރުފުރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

ދާދި ފަހުން އުފެދުނު މާސްޓަރސް އެތުލެޓިކްސް ކުލަބުން އިންތިޒާމުކުރާ މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ވާދަކުރާނެއެވެ. އެއީ 35-39 އަހަރާ ދެމެދު، 40-44 އަހަރާ ދެމެދު، 45-49 އަހަރާ ދެމެދު، 50-55 އަހަރާ ދެމެދު އަދި 55 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

Hajj Corpooration

މި މުބާރާތުގައި 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު އަދި 1000 މީޓަރު ދުވުމުގެ އިވެންޓުތައް ހިމެނެއެވެ. މީގެއިތުރުން ޝޮޓްޕުޓް، ޑިސްކަސް އަދި ޖެވެލިން ތުރޯ ފަދަ ފީލްޑް އިވެންޓުތައްވެސް ކުރިއަށްދާނެއެވެ.

މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ. މުބާރާތުގައި 100 އަށްވުރެ ގިނަ ވާދަވެރިން ބައިވެރިވާއިރު، އޭގެތެރޭގައި ސްރީލަންކާގެ ފަސް ކުޅުންތެރިންވެސް ހިމެނެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ އެތުލެޓިކްސް މުބާރާތުގެ 10000 މީޓަރުގެ ދުވުމުން ރަން މެޑަލް އިރުފާން އަށްކުޅިވަރު | 2 ދުވަސް ކުރިންކުޅުދުއްފުށި ސިޓީގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކާމިޔާބުކާމާއެކު ނިންމާލައިފިކުޅިވަރު | 2 މަސް ކުރިންއިބާދުﷲ އާއި ޒިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިގައި ރަނގަޅު ޕާފޯމެންސް އެއް ދައްކައިފިކުޅިވަރު | 3 މަސް ކުރިންސްރީލަންކާގެ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖެއަށްކުޅިވަރު | 3 މަސް ކުރިން