logoEN
ކުޅިވަރު

ރެފްރީންނަށް އިހްތިރާމް ކުރަން ބުނި މީހުން ރެފްރީންގެ މައްސަލަ ހިފައިގެން ޔުއޭފާއަށް

މެޗު ނިމިގެން ރެފްރީންގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން އެކަން ހާމަކުރަނީ

މެޗު ނިމިގެން ރެފްރީންގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން އެކަން ހާމަކުރަނީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

07 މޭ 2025 - 14:50

ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ވަނީ އިންޓަރ މިލާން އާއި ކުޅުނު މެޗުގެ ރެފްރީ އާއި މެދު ޔުއެފާ އިން ތަހުގީގެއް ކުރަން ޖެހޭ ކަމަށް ބުނެފައެވެ. މި މެޗުން ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުން ވަކިވެފައެވެ.

"ޔުއެފާ އިން މި ރެފްރީގެ މައްސަލަ ބަލަން ޖެހޭ. އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކެއް ނުވިސްނޭ،" މެޗަށް ފަހު ޕެޑްރީ ބުނިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕެޑްރީ ބުނީ މިއީ މި ރެފްރީ އާއި އެކު ބާސެލޯނާ އަށް ދިމާވި ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. އަދި ފްލިކް އާއި އެއްބަސްވާ ކަމަށާއި، މެޗުގައި ދެކޮޅަށް ނިންމިދާނެ ކޮންމެ ނިންމުމެއްވެސް އިންޓަރގެ ފަރާތަށް ނިންމި ކަމަށް ބުނެފައިވެއެވެ.

"އަހަރެމެން ވަރަށް ބޮޑަށް ހިތްދަތިވެފައި މިތިބީ. އެކަމަކު މިހާރު ވިސްނަނީ ކްލާސިކޯ އަށް،" ޕެޑްރީ ބުނިއެވެ. މީގެ އިތުރުން ބާސެލޯނާގެ ކޯޗުވެސް މެޗު ނިމުމާއެކު ރެފްރީންގެ ނިންމުމާއި ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ. މީގެ އިތުރުން ބާސެލޯނާގެ ކޯޗާއި ޑިފެންޑަރ އެރިކް ގާސިޔާވެސް ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިސީޒަނުގެ މެދުތެރެއިން ރެއާލް މްޑެރިޑުން ރެފްރީންގެ ނިންމުމްތަކާއި ދެކޮޅަށް ފާޑުކިޔުމުން އެކަމާއި ދެކޮޅަށް އަޑުއުފުލާ، ރެފްރީންގެ ނިންމުމަށް އިޙްތިރާމް ކުރަން ގޮވާލި ކުޅުންތެރިންނާއި ކޯޗު، މިއަދު މުބާރާތާއި އަލްވަދާއު ކިޔުމާއެކު ރެފްރީންގެ މައްސަލަ ގޯސްކަން ވިސްނޭން ފަށައިފިއެވެ.

ކޮމެންޓް

871x217_placeholder