logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފި

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަތުމަށް ނިންމައިފި އެވެ.

ޝައްމާން ބަންދުކުރި މައްސަލަ އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މައްސަލަ ހައިކޯޓަށްވެސް ހުށަހެޅުމުން އެ ކޯޓުންވެސް ބަލައިނުގަންނަން ނިންމުމާ ގުޅިގެންނެވެ. ހައިކޯޓަށް މިދިޔަ ހަފްތާ ހުށަހެޅި މައްސަލާގައި އެ ކޯޓުގެ ތިން ފަނޑިޔާރުން ނިންމާފައި ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ. ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުމުން އެ ކޯޓުންވެސް ނިންމީ އެ މައްސަލަ ބަލައިނުގަންނާށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ޝައްމާން ހައްޔަރު ކޮށްފައި ވަނީ މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ.

ޝަމްއާން ހައްޔަރު ކޮށްފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

ފުލުހުން ބުނާ ގޮތުގައި ޝަމްއާން ހައްޔަރުކުރެވުނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. އަދި 15 ދުވަސް ހަމަވުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުން ޝަމްއާން ބަންދުކުރި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ބުދަދުވަހުއެވެ.

ބިދޭސީންގެ އަތުން ފައިސާ ހޯދި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000( ފަސް ލައްކަ ތިރީސް ހާސް) ރުފިޔާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަމްއާންއަށް ހުކުމް އިއްވުމުގެ އަޑުއެހުން ފަސްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންކްރިމިނަލް ކޯޓުން ނިންމީ ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށްޚަބަރު | 5 މަސް ކުރިންޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފިޚަބަރު | އަހަރެއް ކުރިންޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން އަމުރު ކޮށްފިޚަބަރު | އަހަރެއް ކުރިން