logo
ދުނިޔެ

އިންޑިޔާގެ ޙަމަލާތަކުގައި 31 ޢާންމުން މަރުވެއްޖެ، މަރުވި މައުސޫމުންގެ ބަދަލު ހިފާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

އިންޑިޔާގެ ޙަމަލާތަކުގައި 31 ޢާންމުން މަރުވެއްޖެ، މަރުވި މައުސޫމުންގެ ބަދަލު ހިފާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

މިއަދު ހެނދުނު އިންޑިޔާއިން ޕާކިސްތާނަށް ދިން ޙަމަލާތަކުގައި 31 މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އިންޑިއާއިން ޕާކިސްތާނުގެ ޕަންޖާބު އަދި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރަށް ދިން ހަމަލާގައި މިސްކިތްތަކަށް ވެސް ގެއްލުން ލިބި، އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އަދި މިއީ ސީދާ "ހަނގުރާމައިގެ ޢަމަލެއް" ކަމަށް ޕާކިސްތާނުން ވަނީ ސިފަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ، އިންޑިޔާގެ ޙަމަލާތަކުގައި ޝަހީދުވީ ޢާންމުންކަން ފާހަގަކުރައްވައި، އެ ޙަމަލާތަކުގައި މަރުވި 31 ފަރާތްތަކުގެ ބަދަލު ހިފާނެކަން އިއުލާންކުރައްވާފައެވެ.

މި ޙަމަލާތަކާ ގުޅިގެން އިންޑިއާއިން ބުނެފައިވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ދަށުން އަމާޒުކުރެވުނީ "ޓެރަރިސްޓުންގެ" އިންފްރާސްޓްރަކްޗަރަށް ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ޕާކިސްތާނުގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން 13 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައިގައިވާ ކޮންޓްރޯލް ލައިންގެ ދިގުމިނުގައި ބޮޑެތި އާޓިލަރީ ހަމަލާތައް ދެމުންދާ ކަމަށް ރިޕޯޓުކުރެވެއެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިންޑިއާގެ 12 ޑްރޯން "ނިއުޓްރަލައިޒް" ކުރެވިފައިވާ ކަމަށާއި، އޮޕަރޭޝަންތައް ދަނީ ކުރިއަށް ކަމަށެވެ.

މި ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވަމުން އައީ އޭޕްރިލް 22 ގައި އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅޭ ގޮތުން އިންޑިއާއިން ޕާކިސްތާނަށް އިލްޒާމު އަޅުވާފައިވާއިރު، ޕާކިސްތާނުން ވަނީ އެކަމުގައި އެއްވެސް ދައުރެއް އޮތް ކަމަށް ދެކޮޅު ހަދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ތިބި ދިވެހިން ޙާލު ވަރަށް ގާތުން ދަނީ ބަލަމުން: ޚާރިޖީ ވުޒާރާޚަބަރު | 4 މަސް ކުރިންއިންޑިޔާގެ ޙަމަލާތަކުގައި 31 ޢާންމުން މަރުވެއްޖެ، މަރުވި މައުސޫމުންގެ ބަދަލު ހިފާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު ދުނިޔެ | 4 މަސް ކުރިން