logoEN
ޚަބަރު

ޕާކިސްތާނުގައި ތިބި ދިވެހިން ޙާލު ވަރަށް ގާތުން ދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ޚާރިޖ ވުޒާރާާ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން -- ފޮޓޯ: ދިޔަރެސް

ޚާރިޖ ވުޒާރާާ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން -- ފޮޓޯ: ދިޔަރެސް

ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު ޚާރިޖީ ވުޒާރާ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އެފަދައިން ބުނެފައިވަނީ، ހުސްވި އޭޕްރީލް މަހުން ފެށިގެން ޕާކިސްތާނާއި އިންޑިޔާގެ މަޝްރަޙު ހޫނުވެ، ދެ ޤައުމުގެ އަސްކަރިއްޔާއިން ޙަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޚާރިޖީ ވުޒާރާއިން ބުނީ، ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ އަރުވާފައެވެ.

ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވެއެވެ. މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދީ ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް 923008504143‬‬‬‬‬‬‬‬ + މެދުވެރިކޮށް ނުވަތަ އެ ވުޒާރާގެ ހޮޓްލައިން ކަމުގައިވާ 7983400 އަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ

ކޮމެންޓް

871x217_placeholder