logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެންޔޫ އިން އޮސްޓްރޭލިޔާ އަދި މެލޭޝިޔާގެ ޔުނިވާސިޓީތަކާއިއެކު މަސައްކަތްކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮއްފި

އެމްއެންޔޫ އިން އޮސްޓްރޭލިޔާ އަދި މެލޭޝިޔާގެ ޔުނިވާސިޓީތަކާއިއެކު މަސައްކަތްކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮއްފި

އެމްއެންޔޫ އިން އޮސްޓްރޭލިޔާ އަދި މެލޭޝިޔާގެ ޔުނިވާސިޓީތަކާއިއެކު މަސައްކަތްކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮއްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ދެ ޔުނިވާސިޓީއަކާއ ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮއްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޔޫ އިން ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ" އަދި މެލޭޝިޔާގެ ޔުނިވާސިޓީއެއް ކަމަށްވާ "ސެލަންގޯރ އިސްލާމިކް ޔުނިވާސިޓީ"އާއި އެކު ޖުމްލަ ދެ އެއްބަސްވުމެއްގައި ސޮއިކޮއްފައެވެ. މި ދެ އެއްބަސްވުމުގައި، އެމްއެންޔޫގެ ފަރާތުން އެ ޔުނިވާސިޓިގެ ވައިސް ޗާންސެލަރ، ޑރ.އައިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއިކުރައްވައިފައެވެ. އަދި "ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީ"ގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑެވެ. "ސެލަންގޯރ ޔުނިވާސިޓީ"އާއި އެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ފަރީދު ރަވީ ބިން އަބްދު ﷲ އެވެ.

ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިޔާ-ސަދާން ކްރޮސް ޔުނިވާސިޓީއާއި އެކު ވެވުނު މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެ ޔުނިވާސިޓީ މެދުވެރިވެ މަސައްކަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އަދި ސެލަންގޯރ އިސްލާމިކް ޔުނިވާސިޓީއާއިއެކު ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ޔުނިވާސިޓީ އިން ގުޅިގެން ދިރާސާކުރުމާއި ދެ ޤައުމުގެ ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމުގެ މަޤްޞަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައ ޤައުމީ ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެއް ފަށަނީޚަބަރު | 2 މަސް ކުރިންއެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 2 މަސް ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން10 ގައުމެއްގެ 20 އަށްވުރެ ގިނަ ދަރިވަރުން އެމް.އެން.ޔޫގައި ތައުލީމު ހާސިލްކުރޭޚަބަރު | 3 މަސް ކުރިން