logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޒުބިމެންޑީ އާރސެނަލް އަށް

އަބްދުﷲ ޣާނިމް
10 މޭ 2025 - 12:02
ޒުބިމެންޑީ އާރސެނަލް އާއި ގުޅުމާއި ވަނީ ގާތުގައި. ފޮޓޯ: ފަބްރީޒިއޯ
ޒުބިމެންޑީ އާރސެނަލް އާއި ގުޅުމާއި ވަނީ ގާތުގައި. ފޮޓޯ: ފަބްރީޒިއޯ

ރިއަލް ސޮސިޑޭޑް ގެ ސްޕެއިން ގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އާރސެނަލްއާ ގުޅުމުގެ އެންމެހައި ކަންކަން ބާރަށް ކުރިޔަށްދާކަމަށް ފުޓްބޯޅައިގެ ޓްރާންސްފަރ ޚަބަރުތައް ގެނެސްދޭ އެންމެ އިތުބާރުހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރިޕޯރޓްކޮށްފިއެވެ. މީގެ ކުރިން ޒުބިމެންޑީ މިދިޔަ އަހަރު ލިވަޕޫލްއާ ގުޅުމަށް އެއްބަސްވުމަކަށް އައުމަށްފަހު ފަހުވަގުތު ސޮސިއެޑާޑްގައި ދެމިހުރުމަށް ނިންމި އެވެ.

ޒުބިމެންޑީ ގެންނަނީ އާރސެނަލްގެ މިޑްފީޅްޑަރ ޖޮޖީނިއޯ ބްރެޒިލްގެ ކްލަބް ފްލަމެންގޯއާ ގުޅުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ފްލަމެންގޯއިން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގެ ކުރިން ޖޯޖިންހޯގެ ޓްރާންފަރގެ ކަންކަން ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒުބިމެންޑީ އާރސެނަލްއާ ގުޅުމަކީ ޓީމުގެ މިޑްފީލްޑަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސީޒަންގައި ގޯލު ޖެހުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމާ ގުޅިގެން، އާރސެނަލްއިން ވަނީ އައު ސްޓްރައިކަރަކާއި ވިންގަރ އެއް ހޯދުމަށްވެސް މަސައްކަތް ފަށާފައެވެ.

ޒުބިމެންޑީ ގެނައުމާއެކު، އާރސެނަލްއަށް އަންނަ ސީޒަންގައި މުހިންމު މުބާރާތްތައް ކާމިޔާބުކުރުމަށް ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | މަހެއް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 3 މަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 3 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 3 މަސް ކުރިން