ސަންލޭންޑް ނަޒީރު އަވާހަރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
11 މޭ 2025 - 06:10
.png&w=3840&q=75)
އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވާހަރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ ނަޒީރު އަވާހަރަވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ނަޒީރު އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސުވަރުގޭގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
މަރްޙޫމް ނަޒީރަކީ ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއްކަމުގައިވާ ސަންލޭންޑްގެ ނަމުގައި އާއިލީ ވިޔާފާރިއެއް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެފުޅު ވެސް މެއެވެ.


