logo
ޚަބަރު

ސިންގަޕޫރުމީހުން ރާއްޖެއަށް ދަތުރުނުކުރަން އަންގާފައެއް ނުވޭ: ފޮރިން މިނިސްޓްރީ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2025 - 09:29
ސިންގަޕޫރުމީހުން ރާއްޖެއަށް ދަތުރުނުކުރަން އެންގިކަމަށް ބުނެ ފެތުރީ ބޮޑު ދޮގެއް

ދިވެހިރާއްޖެއަށް ދަތުރުނުކުރަން ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ ކޮންމެހެން ރާއްޖެއަށް ދަތުރުކުރަންޖެހޭ ހާލަތެއްގައި ނޫނީ ސިންގަޕޫރުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރަން އަންގާ ސިންގަޕޫރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުގައި މިއަދު ޚަބަރުތަކެއް ޝާއިޢުކުރުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޮރިން މިނިސްޓްރީން ރޭ ނެރުނު ކުރު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީޚެއްގައި ސިންގަޕޫރު ސަރުކާރުން ނެރެފައި ނުވާކަން ސިންގަޕޫރު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުން ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމުތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމުން އޭގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، ޚަބަރު ފެތުރުމުގައި ޒިންމާދާރުވުމަށާއި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިލިޕީންސް އަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފިޚަބަރު | 16 ދުވަސް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | މަހެއް ކުރިން އިސްލާމީ ގައުމުތަކުގެ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި ޚަބަރު | 2 މަސް ކުރިން