logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ 2026 ނިމުމުގެ ކުރިން ހުރިހާ ސްކޫލަކަށް ގޮސް ދަތިވާ ކަންކަން އޮޅުންފިލުވުން

އާމިނަތު ޝަފާ
12 މޭ 2025 - 09:31
އަމާޒަކީ 2026 ނިމުމުގެ ކުރިން ހުރިހާ ސްކޫލަކަށް ގޮސް ދަތިވާ ކަންކަން އޮޅުންފިލުވުން

އުއްމީދަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހު، ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބެލެމުގެ ދަށުން ކިޔަވައިދެމުން އަންނަ 2016 ސްކޫލް އެބަހުރި ކަމަށާއި އެ ސްކޫލްތަކުގެ ތެރެއިން މިހާތަނަށް 89 ސްކޫލަށް ދެވިއްޖެ ކަމަށެވެ. [

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިން ހުށައަޅައިދިން އެ ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކަށް ޒިޔާރަތްކޮށް ޓީޗަރުންނާއި ވަކިން ބައްދަލުކޮށް އެމީހުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވުމުގެ އިތުރުން ސްކޫލާއި ބެލެނިވެރިންނާއި ދަރިވަރުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން މުހިންމު ކަމަށެވެ.

" 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލަކަށް ޒިޔާރަތް ކުރުމަކީ އުއްމީދެއް ހުވަފެނެއް" ސްކޫލްތަކަށް ޒިޔާރަތް ކުރުމާ ގުޅޭ ގޮތުން ޕްރޮގްރާމް ހުށައެޅުމުގައި ބައިވެރިވި ކުއްޖަކު ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެކަމަށާއި ސްކޫލް ކޮމިއުނިޓީއާ ބައްދަލުކޮށް ލިބޭ މައުލޫމާތުގެ އަލީގައި ތައުލީމީދާއިރާގެ ލޯންގްޓާމް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލުމަކީ އުއްމީދެއް ކަމަށެވެ.

މި ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، އެޑިޔުޔުކޭޝަން މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓަރުގެ އެންމެ ބޮޑު ޒިންމާއަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމު ފޮރުކޮށްދިނުން ކަމަށާއި އެކަން ކުރެވޭކަން ކަށަވަރު ކުރުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލްތަކުގެ ރަޖިސްޓަރީގައި ތިބި 8000 ދަރިވަރުން ސްކޫލަށް ނުދާކަމުގެ ކަންބޮޑުވުން މިނިސްޓަރ ފާޅުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއަމާޒަކީ 2026 ނިމުމުގެ ކުރިން ހުރިހާ ސްކޫލަކަށް ގޮސް ދަތިވާ ކަންކަން އޮޅުންފިލުވުންޚަބަރު | އަހަރެއް ކުރިން