އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ އައްޔަނުކުރައްވައިފި

.jpg&w=3840&q=75)
12 މޭ 2025 - 13:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ގަލޮޅު ސިލްވަރުގެއާގެ، އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީ, ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
އަސްނާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
މަރުކަޒީ ބޭންކު، އެމް.އެމް.އޭ ގެ ތަފާތު މަޤާމުތަކުގައި ސަތާރަ އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މެނޭޖިންގް ޑިރެކްޓަރ މަޤާމުގައެވެ.
2014 ވަނަ އަހަރު އަސްނާ ވަނީ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވެއެވެ.
މީގެ އިތުރުން އަސްނާ ވަނީ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގެ އެވޯޑު ޙާސިލުކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިޢުކުރައްވާފައެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
9 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
9 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
9 މަސް ކުރިން