logoEN
ޚަބަރު

ދެ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

12 މޭ 2025 - 14:52

ދެ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

މި ދެ މީހުން ހޯދަމުން ދަނީ މީހެއްގެ މުދަލަށް ގެއްލުންދިން ކަމުގެ ތުޙުމަތުގައެވެ.

ދެމީހަކު ސައިކަލެއްގައި މާލޭގެ އެކި މަގުތަކުގައި ދުއްވާ ވީޑިއޯއެއް އާންމުކޮށް، ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހުންކަމަށެވެ.

ނަމަވެސް އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ

އެހެންކަމުން ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް

871x217_placeholder