logo
E-Platinum
ކުޅިވަރު

އެމްބާއްޕޭ އަތުން 98 މިލިޔަން ޑޮލަރު ހޯދަން ޕީއެސްޖީ އިން ކޯޓަށް

އަބްދުﷲ ޣާނިމް
13 މޭ 2025 - 04:46
އެމްބާއްޕޭ ޕީއެސްޖީގެ ރައީސް އާއެކު
އެމްބާއްޕޭ ޕީއެސްޖީގެ ރައީސް އާއެކު

ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި ކިލިއަން އެމްބާޕޭ އަތުން 98 މިލިއަން ޔޫރޯގެ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުލަބުން މަސައްކަތް ފަށައިފި އެވެ. މި މައްސަލަ ޕެރިސް ކޯޓަށް ހުށަހަޅާފައިވަނީ އެމްބާޕޭ އަށް ލިބެންޖެހޭ މުސާރައާއި ބޯނަސްގެ ގޮތުގައި 55 މިލިއަން ޔޫރޯ ހޯދުމަށް އޭނާ ކުރި މަސައްކަތާ ގުޅިގެންނެވެ.

ޕީއެސްޖީގެ ވަކީލުން ބުނާ ގޮތުގައި އެމްބާޕޭ އަށް ފައިސާ ލިބެންޖެހޭކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެކި ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ ފައިސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަންވެސް ސާބިތުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް އެމްބާޕޭގެ ވަކީލު ބުނާ ގޮތުގައި ޕީއެސްޖީގެ މާލީ ހިސާބުތައް ހާމަކޮށްފައި ނުވުމާއި، 2023 ވަނަ އަހަރުގެ ކުރީކޮޅު އެއްބަސްވެފައިވާކަމަށް ބުނާ އަނގަބަހުގެ އެއްބަސްވުމެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދެ އެވެ. ޕީއެސްޖީން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ކުލަބުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްބާޕޭ އަށް ލިބެންޖެހޭ ފައިސާގެ ބައެއް ދޫކޮށްލުމަށް އެއްބަސްވެފައިވެ އެވެ.

މި މައްސަލައިގައި ޕީއެސްޖީން ދަޢުވާކުރާ 98 މިލިއަން ޔޫރޯ އަކީ އެމްބާޕޭގެ ސަބަބުން ކުލަބަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ. މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާނީ މެއި 26 ވަނަ ދުވަހު އެވެ.

މި މައްސަލައަކީ ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މައްސަލައަކަށްވެފައި، މައްސަލައިގެ ނިންމުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 12 ދުވަސް ކުރިންފޭވަރިޓް ޕީއެސްޖީ ކޯލްޑް ޕާމާއާއި ޖެހި ގަނޑުވެ، ޗެލްސީ ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 15 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 19 ދުވަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 23 ދުވަސް ކުރިން