logoEN
ދުނިޔެ

ޔަހޫދީންގެ ހަމަލާތައް ނާސިރު ހޮސްޕިޓަލްއަށް

އާމިނަތު ސަފާއާމިނަތު ސަފާ

13 މޭ 2025 - 05:38

ޔަހޫދީންގެ ހަމަލާތައް ނާސިރު ހޮސްޕިޓަލްއަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.

ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލްއަށް އިސްރާއީލުގެ ސިފައިން ދިން ބޮމުގެ ހަމަލާގައި ނޫސްވެރިއަކު ޝަހީދުކޮށްލާފައިވާއިރު މިހާރަކަށް އައިސް ޔަހޫދީން އަންނަނީ މުޅި ޣައްޒާ ހިސާރުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވަނީ އިސްރާއީލުން ޣައްޒާ ހިޞާރު ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.އ.ދ. އިން މިފަދައިން ގޮވާލިޔަަސް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅަމުން ދަނީ އެމެރިކާގެ ފުރިހަމަ ތާއީދާއެކުގައެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީ ދިނުން ޔަހޫދީންގެ އަތްމައްޗަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ހީލަތްތެރި ރޭވުމުގެ ދަށުން މިހާރުވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންގެ ތެރެއިން ކޮންމެ އާއިލާއަކުން އެކަކު އެ ސަހަރުގެ ދެކުނުގައި ގާއިމު ކުރުމަށް ނިންމާފައިވާ ބޮޑު 6 ޖަލަށް މަޖުބޫރުން ބަދަލުކޮށް އެމީހުންނަށް އިންސާނީ އެހީ ދިނުން އެމެރިކާގެ 2 ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައެވެ. ޔަހުދީންނާއި ޓްރަމްޕްގެ ވެސް އެންމެ ބޮޑު އަމާޒަކީ ބަނޑަށްޖައްސައި ޣައްޒާގެ ގިނަ ބަޔަކު ޝަހީދުކޮށްލުމެވެ.

ޔަހޫދީން ބުނާގޮތުން ކާބޯތަކެއްޗާއި ސިއްހީ ފަރުވާއަށް ހުރަސްއަޅަނީ ހަމާސް ބަލިކޮށްލައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ހިންގާ ހަނގުރާމައިގައި މަދުވެގެން 52،862 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 119،648 މީހުންވަނީ ޒަހަމްވެފައެވެ.

މިއަދުވެސް ކަމަކާނުލައި އަދި އެއްވެސް އިންޒާރެއްވެސް ދިނުމަކާ ނުލައި އަލް-ޖަދީދު ރެފިއުޖީ ކޭމްޕަށް ވަދެގަނެ ޔަހޫދީން އަންނަނީ އެތައް ބަޔަކު ހައްޔަރުކުރަމުންނެވެ.

ކޮމެންޓް

871x217_placeholder