logo
ކުޅިވަރު

ފަހުވަގުތު ފަހަތުން އަރައި ރާއްޖެ ސެމީއަށް

އަބްދުﷲ ޣާނިމް
13 މޭ 2025 - 17:47
މެޗުގައި ގޯލުޖެހުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ.
މެޗުގައި ގޯލުޖެހުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ.

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި ބޫޓާންގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެ ފަހުވަގުތު ރާއްޖެ އިން ޖެހި ގޯލާއެކު މެޗު 2-2 އިން އެއްވަރުކޮށް، ރާއްޖޭގެ ޤައުމީ ޓީމް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު އިންޑިޔާގައި ކުޅުނު މެޗުގައި ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ ފަހުވަގުތު ހިތްވަރުގަދަ ކުޅުމެއް ދައްކައި، މެޗު އެއްވަރުކޮށްފައެވެ. މެޗުގެ 44 ވަނަ މިނެޓްގައި ބޫޓާންގެ ލާމް ޓެންޒިން ވަނީ ފުރަތަމަ ގޯލު ޖަހާފައެވެ. ނަމަވެސް 77 ވަނަ މިނެޓްގައި ވެލެންސިއާގެ ޒުވާން ފޯވަޑް އައިދު މުޙައްމަދު ޖަވީޒް ވަނީ ރާއްޖެއަށް އެއްވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އިތުރު ވަގުތުގައި އަޝްހަމް އިބްރާހީމް މުޙައްމަދު ވަނީ ރާއްޖެއަށް ލީޑް ހޯދައިދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބޫޓާނުން ވަނީ މެޗު އަނެއްކާވެސް އެއްވަރުކޮށްފައެވެ. މި ނަތީޖާއާއެކު ރާއްޖެ ވަނީ ކުޅުނު ދެ މެޗުވެސް އެއްވަރުވެ، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މި ގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ބަނގްލަދޭޝްއެވެ. ބަނގްލަދޭޝްއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ރާއްޖެއަށް ދެ ޕޮއިންޓް އަދި ބޫޓާނަށް އެއް ޕޮއިންޓް ލިބުނެވެ. ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. އެއީ ނޭޕާލް ނުވަތަ އިންޑިޔާގެ ޓީމެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 9 ދުވަސް ކުރިންއޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ތައިލެންޑާ އެއް ގްރޫޕް އަކަށްކުޅިވަރު | މަހެއް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީކުޅިވަރު | 2 މަސް ކުރިން