logoEN
ޚަބަރު

ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

13 މޭ 2025 - 17:56

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ ގައިމަތިން ލޯންޗެއް ގޮސް، އޭނާގެ އަތް ބުރިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި އަނިޔާތަކެއްވެސް ވެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ފަރާތަށް އަވަސް ފަރުވާއެއް ދިނުމަށްޓަކައި މާލެ ގެނެވި، މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު އަދި ހާމަކޮށްފައި ނުވިނަމަވެސް، ފުލުހުންގެ ފަރާތުން މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުކަންދޭން ޖެހެއެވެ.

ކޮމެންޓް

871x217_placeholder