logoEN
ޚަބަރު

ސައިކަލް ދުއްވަމުން ފޯނުން މެޗެއް ބެލި މީހާ ލައިސަންސް ހިފަހައްޓައި ފިޔަވަޅު އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

14 މޭ 2025 - 16:47

ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލް ދުއްވަމުން ފޯނުން ފުޓްބޯޅަ މެޗެއް ބަލަމުންދިޔަ ފިރިހެނަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ ފިރިހެން މީހާ ސައިކަލް ދުއްވަމުން ދިޔައީ އެހެން މީހަކު ވެސް ގޮވައިގެންނެވެ. މި މަންޒަރު ވީޑިއޯކޮށް އާންމު ފަރާތަކުން ސޯޝަލް މީޑިއާގައި ޙިއްސާކުރުމާ ގުޅިގެން، ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ފިރިހެނާ ހޯދުމަށްފަހު، އޭނާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، 2،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޭނާގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފައެވެ.

"ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ." ފުލުހުން ބުނެފަވެއެވެ.

ކޮމެންޓް

871x217_placeholder