ޒުވާނުންގެ މުޒާހަރާ ހަލާކުކޮށް ޒުވާނުންގެ އަޑު ކަނޑުވާލީ އެމްޑީޕީން: މެމްބަރު ރިފާއު
14 މޭ 2025 - 17:10

ޒުވާނުން އިސްވެތިބެ ކުރަންފެށި މުޒާހަރާ ހުއްޓުވާލައި ޒުވާނުންގެ އަޑު ކަނޑުވާލީ އެމްޑީޕީންކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮޗޭ ވިދާޅުވީ މި ސަރުކާރަކީ ޒުވާނުންގެ އަޑު އަހައި ޒުވާނުން އެދޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރުމަށް ފުރުސަތުދޭ ސަރުކާރެއްކަމަށެވެ. އަދި ޒުވާނުންގެ އަޑު އައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވިކަން ބޮޗޭ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިފަހުން މާލޭގައި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅޭގޮތުން ބޮޗޭ ވިދާޅުވީ ސަރުކާރުން ޒުވާނުންގެ އަޑު އެހިކަން ޒުވާނުން ގަބޫލުކުރިކަން ފެނިގެންދިޔަކަމަށެވެ.
"ޖެންޒީ ޒުވާނުން މަގުމައްޗަށް ނިކުތީ ސިޔާސީކަމެއް ކުރާކަށް ނޫން. ޝުއޫރުތަކެއް ފާޅުކުރަން. ނަަމަވެސް ޒުވާނުން އިސްވެތިބެ ކުރަންފެށި މުޒާހަރާ ހުއްޓުވާލައި ޒުވާނުންގެ އަޑު ކަނޑުވާލީ އެމްޑީޕީން. އަބަދުވެސް މަސައްކަތްކުރަނީ ގައުމު ހަލާކުކުރަން. މިހާރުވެސް އަބްދުﷲ ޝަހިދު އުޅެނީ ފަތުރުވެރިކަން ހަލާކުކޮށްލަން.".
މާލޭގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން ޒުވާނުންތަކެއް ސުލްހަވެރި މުޒާހަރާއެއް ފެށިއެވެ. ނަމަވެސް ފަހުން އިދިކޮޅު ޕާޓީތަކުން ވަނީ އެ މައްސަލަ ސިޔާސީ ކޮށް މުޒާހަރާވެސް ސިޔާސީކޮށްފައެވެ. އެއާއެކު މިހާރު މި މުޒާހަރާތައް ވަނީ ހުއްޓިފައެވެ.
ހާދިސާ ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން ގެ ނަމުގައި ކޮމިޝަނެއް އުފައްދަވާފައިވާއިރު މި ކޮމިޝަނަށް ވަނީ ފުޅާ ދާއިރާއެއްގައި ބާރުތަކާއި އިމްތިޔާޒުތައް ދެއްވާފައެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ހިމެނެއެވެ. އަދި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ.
މި ސަރުކާރުން އަންނަނީ ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކޮށް ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

-01.jpg&w=3840&q=75)
