logo
MPL

MPL

ޚަބަރު

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 17:42
ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއު

ސަރުކާރުގެ ފަރާތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު އެ ޤާނޫނުގައި ހުރި އުނިކަންކަމާއި ހުސް ބާގަނޑުތައް ހައްލުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު މިއަދު ވިދާޅުވެއްޖެއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ރިފާޢު ވިދާޅުވީ ޓޫރިޒަމް ސިނާއަތަކީ ރާއްޖެއަށް އެންމެ ގިނައިން ޓެކްސް ފައިސާ ލިބޭ ދާއިރާ ކަމަށެވެ. ނަމަވެސް އެ ދާއިރާއިން ލިބެންޖެހޭ މުހިންމު ޓެކްސްތަކެއް މިއަދާ ހަމައަށް ވެސް ނުލިބި ދިއުމަކީ އާންމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަލަށް ހުށަހެޅުނު އިސްލާޙުގެ ސަބަބުން މިފަދަ ހުސް ޖާގަތައް ބަންދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ކުދި ފަންތީގެ ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިތައް ބިނާވެފައިވަނީ ބައިނަލްއަޤްވާމީ ބުކިންގ ޕްލެޓްފޯމުތަކުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރިފާޢު ވިދާޅުވީ، އަގޯޑާ، އެއަރބީއެންބީ އަދި ބުކިންގ.ކޮމް ފަދަ ޕްލެޓްފޯމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައި ނަމަވެސް، އެ ފަރާތްތަކުން ކުރާ ވިޔަފާރީގެ ފައިދާ ދިވެހިންނަށް ނުލިބޭ ކަމަށެވެ. އަދި ދިވެހި ޓްރެވަލް އެޖެންސީތަކުން ވިއްކާ ރޫމުތަކުން ދައުލަތަށް ޓެކްސް ދައްކަންޖެހުނު ނަމަވެސް، ބޭރުގެ ޕްލެޓްފޯމުތަކުން ރޫމް ވިއްކުމުން ދައުލަތަށް ޓެކްސް ދައްކަން ނުޖެހޭ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ރިފާޢު އިތުރަށް ވިދާޅުވީ، މި އިސްލާޙުގެ ސަބަބުން މިފަދަ ޕްލެޓްފޯމުތަކުން ކުރާ ވިޔަފާރިން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ މަންފާއާއި އާމްދަނީ ލިބޭނެ ގޮތަށް ކަންކަން ތަރުތީބުވެގެންދާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓާއި ކުނި މެނޭޖުކުރުން ފަދަ ކޮންމެ ޚިދުމަތެއް ވިޔަސް، ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ނުވަތަ އޮފީހެއް ނެތް ކަމުގައި ވިޔަސް، ރާއްޖެއިން އެ ޚިދުމަތެއް ހޯދާނަމަ އެއަށް ލިބެންވާ ޓެކްސް ދައުލަތަށް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި ބަދަލުތަކަކީ އެއްވެސް ހާލެއްގައި އަލަށް އައު ޓެކްސްއެއް ތަޢާރަފުކުރުން ނޫންކަން ފާހަގަކުރައްވަމުން، މިއީ ޤާނޫނުގައި ހުރި ހުސްތަންތަން ފުރައި، ދައުލަތަށް ލިބެންޖެހޭ ހައްޤު އާމްދަނީ ކަށަވަރުކުރުމަށް ގެނެވޭ މުހިންމު އިސްލާޙެއް ކަމަށް ރިފާޢު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | ގަޑިއިރެއް ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | ގަޑިއިރެއް ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިންޚަބަރު | ގަޑިއިރެއް ކުރިން