logo
MPL

MPL

ޚަބަރު

ފަތުރުވެރިކަމުން ލިބޭ ނަފާ އެންމެހައި ދިވެހިންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިން

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 17:09
ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިން

ފަތުރުވެރިކަމުން ލިބޭ ނަފާ އެންމެހައި ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ ވަރަށް ބުރަ އަދި އިޚުލާސްތެރި މަސައްކަތްޕުޅެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ، މި ގެނެވޭ އިޞްލާޙަކީ އޭނާ ވަރަށް ބޮޑަށް ތާއީދުކުރައްވާ އިޞްލާޙެއް ކަމަށެވެ. އަދި މިއަދަކީ މާތް ﷲ މި ޤައުމުގެ އަހުލުވެރިންނަށް ލައްވާފައިވާ ނިޢުމަތުގެ ބޭނުން ޤާނޫނަކުން ރައްޔިތުންނަށް ހެޔޮގޮތުގައި ފޯރުކޮށްދެވޭ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިގެންދާ ދުވަހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިބްރާހީމް ޙުސައިން ވިދާޅުވީ ދިވެހީން އެކަމަކަށް އެދިއެދި އެތައް އަހަރެއް ފާއިތުވެގެންދިޔަ މައްސަލައަކަށް މިއަދު ޙައްލު ލިބިގެންދާ ކަމަށެވެ. ރާއްޖެއަށް ޤުދުރަތީ ގޮތުން ލިބިފައިވާ މުއްސަނދިކަން ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދިޔަ ބޮޑެތި ފައިދާތައް، ރާއްޖެއަށް އެއްވެސް ނަފާއެއް ނުލިބި ބޭރުވެގެންދިޔަ ދިޔުން ހުއްޓުވިގެންދިޔަ ދުވަހެއްގެ ގޮތުގައި އޭނާ މި ދުވަސް ސިފަކުރެއްވިއެވެ.

މީގެއިތުރުން، އޮންލައިންކޮށް ބުކިންގ ހެދުމުގެ ނިޒާމު ތަޢާރުފުވެގެން އައިއިރު، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތްކުރަމުންދިޔަ އެތައް ފަރާތްތަކެއް ބަނގުރޫޓުވެގެންދިޔައިރުވެސް ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ މަދު ކުންފުނިތަކަކުން ނަގަމުންދިޔަ ބޮޑެތި ފައިދާތައް ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވި އެތައް އަހަރެއް ވޭތުވެދިޔަކަމަށް ހިތާމައާއެކު އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު އިބްރާހިމް ހުސައިން އިތުރަށް ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ރައްޔިތުންނަށް ދިވެހީންގެ ނަފާ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހެޔޮގޮތުގައި ލިބިގެންދާ މަންޒަރު ކަމަށެވެ. އަދި މި މަސައްކަތްޕުޅަށްޓަކައި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 19 މިނިޓު ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 29 މިނިޓު ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 39 މިނިޓު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިންޚަބަރު | ގަޑިއިރެއް ކުރިން