ރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: މެންބަރު އިބްރާހީމް މުޙައްމަދު
16 އޯގަސްޓު 2026 - 17:22

ބޭރުގެ ޕްލެޓްފޯމުތައް ކިތަންމެ ބޮޑެތިވެފައި ކިތަންމެ ބިޔަވިޔަސް، ދިވެހިރާއްޖޭގެ ސަރަހައްދުގައި ވިޔަފާރިކޮށް އޭގެން މަންފާ ހޯދާކަމުގައި ވާނަމަ، ދިވެހިން އަތުން ޓެކްސް ނެގޭ އުސޫލުން އެ ބީދައިން ބޭރުގެ ފަރާތްތަކުން ވެސް ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކޮންމެވެސް މިންވަރެއް ކޮންޓްރިބިއުޓުކުރަންޖެހޭނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބަދަލަކީ ވަރަށް ހެޔޮ ބަދަލެއްގެ ގޮތުގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
"ބޭރުގެ ޕްލެޓްފޯމުތައް ކިތަންމެ ބޮޑެތިވެފައި ކިތަންމެ ބިޔަވިޔަސް، ދިވެހިރާއްޖޭގެ ސަރަހައްދުގައި ވިޔަފާރިކޮށް އޭގެން މަންފާ ހޯދާކަމުގައި ވާނަމަ، ދިވެހިން އަތުން ޓެކްސް ނެގޭ އުސޫލުން އެ ބީދައިން ބޭރުގެ ފަރާތްތަކުން ވެސް ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކޮންމެވެސް މިންވަރެއް ކޮންޓްރިބިއުޓުކުރަންޖެހޭނެ ކަމަކީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް" ބަހުސް ކުރުކޮށްލައްވަމުން މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެފަވެއެވެ.
އެހެންކަމުން، މި އިޞްލާޙަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި އިޞްލާޙު ވީހާވެސް އަވަހަކަށް މަޖިލީހުން ފާސްވެގެންދިޔުމަކީ އެންމެ އެދޭ ގޮތް ކަމުގައި ވެސް މެންބަރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދެއްކު މަދު މެމްބަރަކުފިޔަވައި ބާކީ މެމްބަރުން ވަނީ މި އިސްލާހަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ ވާހަކަދައްކަވާފައެވެ.

-01.jpg&w=3840&q=75)
