logoEN
ކުޅިވަރު

ރެއާލް އިން ފަހުވަގުތު ޖެހި ގޯލާއެކު ބާސާ ތަށްޓަށް އިތުރު 24 ގަޑިއިރު އިންތިޒާރުކުރަން ޖެހިއްޖެ

ރެއާލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާޔަކޯބޯ ރަމޯން. ފޮޓޯ: ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާޔަކޯބޯ ރަމޯން. ފޮޓޯ: ރެއާލް މެޑްރިޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 މޭ 2025 - 04:55

ސްޕެނިޝް ލީގުގައި ރޭގައި މަޔޯކާ އަތުން ފަހު ވަގުތު 2-1 އިން ރެއާލް މެޑްރިޑް މޮޅުވުމުން، ލީގު ހޯދަން ބާސެލޯނާ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ. މި މެޗުން ރެއާލް ބަލިވި ނަމަ ނުވަތަ އެއްވަރުވިނަމަވެސް 7 ޕޮއިންޓުގެ ލީޑެއްގައި އެއްވަނައިގައި އޮތް ބާސެލޯނާ އަށް ލީގު ތަށި ލިބޭނެއެވެ.

އަނިޔާގެ ސަބަބުން ރެއާލް ގެ ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނެތި ކުލުނު މިމެޗުގެ ފުރަތަމަ ލަނޑު މަޔޯކާ އަށް ޖަހައިދިނީ 11 ވަނަ މިނިޓުގައި މާޓިން ވެލްޔެންޓް އެވެ. ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެވިނީ އާއި، ރޮޑްރީގޯ އާއި، ޗުއަމޭނީ އާއި، މިލިޓާއޯއާއި، އަލާބާ އާއި، މެންޑީ އާއި ކަރަވަހާލް އާއި ވަޒްކޭޒް އާއި ބްރަހީމް ޑިއާޒް ޓީމު ލިސްޓުން ވަނީ ބާކީކޮށްފައެވެ.

މެޗުފެށިގެން މޮޅު މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ރެއާލް އަށް މެޗުގެ ނަތީޖާ ހަމަކޮށްދިނީ 68 ވަނަ މިނެޓުގައި އެމްބާއްޕޭއެވެ. މި ލަނޑާ އެކު އެމްބާޕޭ ވެފައި ވަނީ ރެއާލް މެޑްރިޑްގެ ތާރީހުގައި، ފުރަތަމަ ސީޒަނުގައި 40 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެމްބާއްޕޭ މިވަގުތު ލަލީގާގެ ގޯލު ޗާޓު އެއްވަނައިގައި އޮތްއިރު، ޔޫރަޕުގެ ގޯލްޑަން ބޫޓު ރޭހުގައި ޔޯކެރޭޝް ގެ ފަހަތުން އެމްބާއްޕޭ އޮތީ ދެވަނައިގައެވެ.

ރޭގެ މެޗުގެ ރެއާލް މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ އެންމެ ފަހު ވަގުތުކޮޅުގައި 20 އަހަރުގެ ޒުވާން ޑިފެންޑަރު ޔަކޯބޯ ރަމޯން އެވެ.

ރޭގެ މެޗާ އެކު ރެއާލް މެޑްރިޑް ވަނީ 36 މެޗުން 78 ޕޮއިންޓް ހޯދާފައެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 35 މެޗުން ވަނީ 82 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ އަށް އެންމެ އަވަހަށް ވެސް ލީގު ޔަގީން ކުރެވޭނީ މިރޭ އެސްޕަނިޔޯލާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.

ކޮމެންޓް

871x217_placeholder